ރަޖިސްޓްރީ ކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީ (އެމްކިއުއޭ) އިން އެވިޑް ކޮލެޖަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އެ ކޮލެޖުން ބުނެފިއެވެ.
އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްކިއުއޭގެ މި އަމަލަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި، އެ ކޮލެޖާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަގީންކަން ގެއްލުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިއީ އެ ކޮލެޖުގެ ރީތި ނަން ކިލަނބުކޮށްލުމަށް ހިންގާފައިވާ، އަދާލަތުގެ އުސޫލުތަކާ ޚިލާފު އަމަލެއްގެ ގޮތުގައި އެވިޑުން ވަނީ ސިފަކޮށްފައެވެ.
އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި އެވިޑް ކޮލެޖުން ވަނީ ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާތަކާއެކު އިލްމީ ގިނަ ގުޅުންތަކެއް ގާއިމުކޮށްފައި ކަމަށެވެ. ނަމަވެސް، އެމްކިއުއޭއިން ޕްރޮގްރާމުތައް ރާއްޖެއިން ބޭރުގައި ހިންގުމާ ބެހޭ އުސޫލުގެ ދަށުން އެ ކޮލެޖަށް ފިޔަވަޅު އެޅިއިރު، އެކަމުގެ އެއްވެސް މައުލޫމާތެއް ކޮލެޖާ ހިއްސާކޮށްފައި ނުވާ ކަމަށާއި، މައްސަލައާ ގުޅިގެން އެއްވެސް ސުވާލެއް ނުވަތަ ތަހުގީގެއްވެސް ހިންގާފައި ނުވާ ކަމަށް އެވިޑުން ބުނެއެވެ.
އެވިޑް ކޮލެޖުން ބުނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ ކޮލެޖުން ބައިނަލްއަގްވާމީ ތައުލީމީ މުއައްސަސާއެއް މެދުވެރިކޮށް އެއްވެސް ކޯހެއް ހިންގާފައި ނުވާނެ ކަމަށެވެ.
ނިމިދިޔަ ހޮނިހިރު ދުވަހު އެމްކިއުއޭއިން ވަނީ އެވިޑް ކޮލެޖު ޖޫރިމަނާކޮށްފައެވެ. އެމްކިއުއޭއިން ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުންވެސް ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް ސަނަދު ދީފައިވާކަން ސަމާލުކަމަށް އައުމާ ގުޅިގެން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ ޖޫރިމަނާ ކޮށްފައެވެ.
މި މައްސަލާގައި ދެ ފަރާތުގެ ދެމެދުގައި ބޮޑު އިޚްތިލާފުތަކެއް އުފެދިފައިވާއިރު، އެވިޑް ކޮލެޖުން ދަނީ އެމްކިއުއޭގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު