ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
މި ސަރުކާރުގެ ހިންގުންތެރިކަމުގެ ނިޒާމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ގައުމެއް ހީނަރުވެ، ބަނދަހިކަން ގެއްލިގެންދާ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގުމުގެ ދާއިރާއިން ނާކާމިޔާބުވުން ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިންތިޚާބަކުން ކޮންމެ މީހަކަށް ވެސް ރައީސްކަމުގެ މަގާމަށް އާދެވިދާނެއެވެ. ނަމަވެސް، ހަގީގީ ލީޑަރެއްގެ ސިފަ ލިބިގަނެވޭނީ ތަސައްވުރަކާއެކު، ހިތްވަރާއި ގާބިލުކަން ހުރި ފަރާތްތަކަށެވެ.





ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، މިއީ އެންމެ އެކަށީގެންވާ މިންވަރަށް ވުރެ ދަށް، މެދުމިނުގެ ގާބިލުކަމެއް ފެންނަ ވެރިކަމެއް ކަމަށެވެ. އަދި ރައީސްގެ ވަށައިގެން ތިއްބެވީ ހަގީގަތް އޮޅުވާލާ ފަރާތްތަކެއް ކަމަށް ތުހުމަތުކުރައްވައި، ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ މިފަދަ ވެރިކަމަކުން ގައުމު ސަލާމަތްކޮށްދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

ޑރ. ޖަމީލްގެ މި ފާޑުކިޔުންތައް އަމާޒުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތުތަކާއި، އިދާރީ ހިންގުމުގެ ދޯހަޅިކަމާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު