ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އުފެދިފައިވާ "އެލްނީނޯ" އާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް ވަރަށް ފަރުވާތެރިކަމާއެކު ބަލަމުންދާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ކުރިމަތިވާ ޤުދުރަތީ ބަދަލެކެވެ. މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ.
މީގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމާއި، ޕްރެޝަރާއި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާއިރު، ބައެއް ފަހަރު މި ހާލަތު އަހަރުތަކަކަށް ދެމިގެންދާކަންވެސް މެޓް އޮފީހުން ފާހަގަކުރެއެވެ. މިއީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ މޫސުމީ ބަދަލެކެވެ.
މެޓް އޮފީހުން ބުނީ އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް މަދުވެގެންދާ ކަމަށެވެ. އަދި އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އެލްނީނޯއިން ނޫންކަން ފާހަގަކުރައްވައި، މެޓް އޮފީހުން ބުނީ އިންޑިއަން އޯޝަން ޑައިޕޯލް (އައިއޯޑީ) އަދި މެޑަން ޖޫލިއަން އޮސިލޭޝަން (އެމްޖޭއޯ) ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރަސްމީ އިދާރާތަކުން ނެރޭ މޫސުމީ މައުލޫމާތަށް ބަރޯސާވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު