މާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ރަހުމުކުޑަ އަނިޔާތަކެއް ދިނުމަށްފަހު އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލާގައި ދައުވާ އުފުލި 5 މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
2024 ވަނަ އަހަރުގެ މެދުތެރޭގައި ހިނގައިދިޔަ މި ހާދިސާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ރަހީނުކޮށް، އޭނާ ލައްވައި މަޖުބޫރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމަށްފަހު ހިންގާފައިވާ އަމަލެކެވެ. ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، އަނިޔާ ލިބުނު މީހާ ގޮނޑިއެއްގައި ބަނދެފައި ބޭންދުމަށްފަހު، "ޕައިޕް ކަޓަރެއް" ބޭނުންކޮށްގެން އޭނާގެ އަތުގެ ކުޑަވާއިނގިލި ވަނީ ބުރިކޮށްލާފައެވެ. އަދި އެއަށްފަހު ވަޅިއެއް ހޫނުކޮށް، އިނގިލި ބުރިކޮށްލި ތަނުގައި ޖައްސައި އިތުރު އަނިޔާ ދީފައިވާކަންވެސް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލާގައި އެންމެ ބޮޑު ހުކުމެއް އިއްވާފައިވަނީ އިނގިލި ބުރިކޮށްލި ކަމަށް ސާބިތުވި ގދ. ގައްދޫ ހުދުވެލި، އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމުގެ ކުށެވެ. މި ކުށަށް އޭނާ 15 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން، ސާއިފް ހިންގި މި ޖަރީމާގައި ބައިވެރިވިކަން ސާބިތުވި ތ. ތިމަރަފުށި އުތުރުގެއާގެ، މުހައްމަދު ނައުޝާން ހުސައިން އަދި ރ. ކަނދޮޅުދޫ މެހުރާ، އަލީ ސާމީގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި މައްސަލާގައި ދައުވާލިބުނު މީހުންގެ ތެރޭގައި ސިފައިންގެ ވަޒީފާގައި އޭރު ތިބި ދެމީހުން ހިމެނެއެވެ. އެއީ ލ. ގަން ލިންކް، އަހްމަދު ޒަޔާން އާއި ކ. މާފުށި ފުލްމޫން، މުހައްމަދު ނަފާހެވެ. މީގެ ތެރެއިން ޒަޔާންގެ މައްޗަށް ސާބިތުވީ އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީނުވުމުގެ ކުށެވެ. ނަމަވެސް އޭނާއަށް އިއްވި 3 މަސްދުވަހުގެ ޖަލު ހުކުމުގެ މުއްދަތު ބަންދުގައި ހުރި އިރު ތަންފީޒުވެފައިވާތީ، އޭނާ އިތުރަށް ޖަލުގައި ހުންނާކަށް ނުޖެހެއެވެ. މުހައްމަދު ނަފާހުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
މި މައްސަލާގައި ހިމެނޭ ސިފައިންގެ ދެ މީހުންވެސް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު