2008 ގައިވެސް އަދި 2018 ގައިވެސް އެމްޑީޕީއަށް ވެރިކަމާއި ގާތްވެވުނީ އިދިކޮޅު ކޯލިޝަނެއް އުފެދިގެން އެއިރެއްގައި އޮތް ވެރިކަމާއި ދެކޮޅަށް އެކުގައި އެއް ރޫހެއްގައި ނުކުމެގެންނެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެރިކަމުން ބޮޑުބައި އެމްޑީޕީއަށް ހާސިލު ކުރެވުނީވެސް ހަމަ މިދެންނެވި އޭރުގެ ސަރުކާރާއި ދެކޮޅުވި ބާރުގަދަ އިދިކޮޅު ބޭބޭފުޅުންނާއި އެކުގައި ނުކުމެ އިންތިޚާބު ކާމިޔާބު ކުރެވުނީމައެވެ. 2018 ގެ އިންތިޚާބުގައި އެމްޑީޕީގެ އިސް ލީޑަރުވެސް ނެތެވެ. ލީޑަރު ހުންނެވީ ޓިކެޓް އަތުޖެހޭ ހިސާބަށް ވުރެ ވެސް މާ ދުރުގައެވެ. ރާއްޖެއާއި ވެސް މާ ދުރުގައެވެ. އެހެން ކަމުން މަޖުބޫރީ ހާލަތުގައި ނަމަވެސް އެމްޑީޕީއަށް ޖެހުނީ ސިޔާސީ ގޮތުން އެޕާޓީގެ ދުޝްމަނުންގެ އަތާއި އަތް ގުޅާލައިގެން އިންތިޚާބަށް ނުކުންނާށެވެ. ރައްޔިތުން އާނބަސް ބުނީ އެހުރިހާ އެންމެން އެކުގައި ނުކުންނެވުމުންނެވެ.
ނަމަވެސް އަބަދުވެސް ކަން ހިނގާ އުސޫލުން މިއަދު މިފެންނަނީ ވެރިކަމުގެ ބާރުތައް އެމްޑީޕީއަށް ލިބުމާއެކު މަޑުމަޑުން ދޫލިބޭ ވަރަކަށް ހިފައި ދަމައި އަތަށް ކަހަމުން އަންނަ މަންޒަރެވެ. ދައުރު ދެބައިވާން ވާއިރަށް ކޯލިޝަންގެ ބައިވެރިންނަށް ސަރުކާރުން އެޅި ބައި މަޑުމަޑުން އަތުލަމުން ދާ މަންޒަރެވެ.
ކޯލިޝަނުން ސަރުކާރު ފެށީ ބޯކިބަލެއްހެން ސަރުކާރު ފޮތިފޮތިކޮށް ޕާޓީގެ ކުޑަބޮޑުމިނުން ބައި އަޅާ ބަހައިގެންނެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ހިމެނޭއިރު އޭރު އެއްވެސް ޕާޓީއަކާއި ނުލައި ބައިވެރިންނާއެކު ކޯލިޝަންގައި ހިމެނިވަޑައިގެންނެވި ރައީސް މައުމޫނަށް ވެސް ހަމަ އެމަނިކުފާނަށް ވާވަރަށް ބޯކިބަލުން ބައި އެޅިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވަމުން ގެންދަވަނީ ކޯލިޝަންގެ މި ބައިވެރިވުން އެމަނިކުފާނު ދަމަހައްޓަވާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ވަޢުދެކެވެ. ނަމަވެސް އެމްޑީޕީން ކޯލިޝަން ރޫޅާލާން މަސައްކަތް ފެށިތާ ކިތަންމެ ދުވަހެކެވެ. އެމްޑީޕީގެ އިސްވެރީންވެސް އަދި ގިނަ މެންބަރުން ވެސް 2015 އާއި ހަމައިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމައަށް ހިނގަދިޔަ ކަންތައްތައް ހަނދުމަ ނެތުނުތާ ކިތަންމެ ދުވަހެކެވެ. ވެރިކަން ލިބުމާއެކު މަޑުމަޑުން އެބޭފުޅުން އެކަން ހަނދާން ނައްތަވާލައްވަން ފަށްޓަވައިފިއެވެ.
ރައީސް އިބްރާހީމާއި އެމްޑީޕީގެ އިސްވެރިންނާއި ދެމެދު މިފަހުން ހިނގަމުން އަންނަ ދެބަސްވުމަކީ ވެސް މިދެންނެވި ކޯލިޝަން ދެމެހެއްޓުމުގެ އަރައިރުން ކަމުގައި ގަބޫލުކުރެވެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމާއި ދެމެދު ހިނގަމުންދާ ކަމަށް ދައްކާ ދެކޮޅުވެރި ކަމުގެ މަންޒަރު ތަކަކީ ވެސް މިދެންނެވި ކޯލިޝަނާއި ދުރަށް ދިއުމުގެ ވިސްނުމާއި ކޯލިޝަން ހިފެހެއްޓުމުގެ ވިސްނުން ކަމުގައި ގަބޫލުކުރާ މީހުން ވަރަށް ގިނައެވެ. ޕާޓީގެ ޗެއަރޕާސަނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ރައީސް އިބްރާހީމްގެ ވިސްނުންފުޅާއި ތަފާތުވެގެން އުޅޭ މައްސަލައަކީވެސް މިއީ ކަމުގައި ގިނަބަޔަކަށް ގަބޫލުކުރެވެއެވެ. ހަގީގަތުގައި އަޑީ ދައުލަތަކާއި މަތީ ދައުލަތެއް މިހާރު ހިނގަމުން މިދަނީ މިދެންނެވި މައްސަލައިގައި ކަމަށް ގަބޫލުކުރާ މީހުންނެއް މަދެއް ނޫނެވެ.
ރައީސް އިބްރާހީމް އަޑުފުޅަށް ކިތަންމެ ބާރެއް ލައްވާފައި ވިދާޅުވި ނަމަވެސް މިހާރު ކޯލިޝަން އެދަނީ ނިއުޅެމުން، ރޫޅެމުންނެވެ. ބަލިކަށިވެ ބައިބައި ވަމުންނެވެ. ކޯލިޝަންގެ ލީޑަރުންގެ މެދުގައި ކުރިން އޮތް ގުޅުމެއް، އެއްބާރުލުމެއް ނެތެވެ. ކޯލިޝަންގެ ބައިވެރީންގެ އެބުނާ ބައްދަލުވުން ތަކެއް ނުބޭއްވުނެވެ. އެކަން ކުރާކަށް ނުވެސް އުޅެއެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަމާއިމެދު ކޯލިޝަންގެ ބައިވެރިންގެ ބަހެއް ނެތެވެ. މިހާރު މުޅި އޮޑީގައި ކޯލިޝަންގެ މައި ޕާޓީއެވެ. މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތީމާ މުޅި މަޖިލީހުގައި މައިޕާޓީގެ ދެފައެވެ. ކޮމިޝަން ތަކާއި މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގައި ވެސް ކޯލިޝަންގެ އަތެއް ވެސް ފައެއްވެސް އަދި ފިކުރާއި ޚިޔާލެއް ވެސް ނެތެވެ.
އެންމެފަހުން މި ފެންނާން ފެށީ ސަރުކާރު އުފެއްދި ކޯލިޝަންގެ ބައިވެރިންގެ މެދުގައި ބަހަން އެޅި ބޯކިބާ ބައިބަޔަށް ބައްސަވާން ހަވާލުވެ ވަޑައިގެން އިންނެވި ބޭފުޅާ ބޯކިބާ ބައްސަވަންވެގެން ބޯކިބަލުން ކައްޕަވާލައްވާ ބައި ވަކިކޮށްލައްވާފައި އަމިއްލަފުޅު ތަށްޓަށް ލައްވަވަމުން ގޮސް އަމިއްލަ ތަށި ބޮޑުކުރަށްވަމުން ގެންދަވާ މަންޒަރެވެ.
އަދާލަތުގެ ވަޒީރުގެ އަތުން އެ ގޮނޑި "ދަމައިގަތީ" ވެސް މަކަރުވެރި ގޮތަކަށެވެ. ޖެންޑަރ މިނިސްޓަރުގެ ގޮނޑި "ދަމައިގަތީވެސް އޭނާގެ ބޮލުގައި ބޮޑުވެގެންވާ ބަދުނާމެއް އަޅުވާފައެވެ. އޭނާވެސް ދުނިޔޭގެ ލަދަށް ގޮނޑި ދޫކޮށްލާފައި ފިލައި ރައްކާވީއެވެ. އޭނާ ނަގާ ހޫރާލުމަށްފަހު އެގޮޑި ދިނީ "ރަށްމެދަށޭ" އޭރު ބުންޏަސް އެގޮނޑި ދިނީ ހަމަގައިމުވެސް އަދާލަތަކަށް ނޫނެވެ. އެކަމަކު އިމްރާނަށް މިއަދު ވަރިހަމަވާނެއެވެ. ގިނަ މީހުން ސިފަކުރާ ގޮތުން އޭނާ އެހެރީ ޝައިޚް ކަމުގެ ތާޖު ވިއްކާލާފައިވެސް މަގާމުގައި ބަގުޑިބައްދައިގެން ހުންނަހާ ވެސް ދަހިވެތި ކަމެއްގެ މަސްތުގައެވެ. އެހެން ނޫންނަމަ އޭނާ ޖަލުން ސަލާމަތް ކުރާން ލަދެއް، ގޮތެއް ފޮތެއް ނެތި މަގުމައްޗަށް ނުކުމެ ކަރުން ނާރު ނަގައި ހަޅޭއްފަޅޭއް ލަވަމުން ދުވި މީހާ ނަގާ ހޫރާލިއިރު ޗުއްޕުވެސް ވިދާޅުނުވެއެއް ނުހުންނަވާނެއެވެ.
ދެން އޭތިފަހަރު ލައްވާލީ ރައީސް މައުމޫނަށެވެ. "އެފަކީރު އަތުންވެސް ގޮނޑިގަނޑު ދަމައިގަތީ" ވަރަށް ހިކުމަތްތެރި ގޮތަކަށެވެ. ހަމަ ކުރިންވެސް ކިޔަންފެށި އަންބާ ކިޔަމުން ގޮސް އެގޮނޑީގައި އިންނެވި ވަޒީރުކަމަނާ ވީ "ނުކުޅެދުންތެރި" ބޭފުޅަކަށެވެ. ރައީސް މައުމޫނަށް އެޅި ބައިން ވެސް ބައެއް ދަމައިގަތީ ކަޅުދޮންމިންވެސް އަންގާ ނުލައެވެ. ހިންޏަށް ހަކުރު އޮޅުވާލާ ބީދައިންނެވެ.
ދެން މިއަދު ޖުމްހޫރީ ޕާޓީގެ ގޮނޑި ވެސް އެ "ދަމައިގަތީ" ހަމަ އެހާވެސް މަކަރުވެރި ހީލަތްތެރި ގޮތަކަށެވެ. ފުރަތަމަ އަލީ ވަހީދުގެ ބޮލަށް ގޮންޖަހާ އޭނާގެ ދުވަސް ދުއްވާލި އެތިފަހަރުން އެ ގޮނޑި ސަލާމަތްވީ ހަމަ ކިރިޔާއެވެ. އަނެއް ގޮނޑި އަމީން ފަކީރު އަތުން "ދަމައިގަތީ" އެފަކީރު ވާނުވާގައި ބަހައްޓާފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ކޮންމެ ބަޔަކު ވެރިކަމަށް އަންނާންވީމާ ކައްކާން ހޯދާ "އުންޑައެއް" ފަދަ އެއްޗެކެވެ. ވެރިކަން ލިބުނީމާ ކޮންމެ ބަޔަކު ވެސް ދެނީ ފެންކައްކާ ބޮލީގެ ޢިއްޒަތާއި ގަދަރެވެ.
ކޮންމެއަކަސް ކޯލިޝަނުގެ ތެރޭގައި ބެހި ބޯކިބާ މިހާރު އެވަނީ ބައިބަޔަށް ބައިކޮށް އަލުން އަތުލާން ފަށާފައެވެ. އަމުދުން މިއަދު އެމްޑީޕީގެ ގިނަ މެންބަރުން ކޯލިޝަން ގަބޫލެއް ވެސް ނުކުރެއެވެ. މިދެންނެވި ބޭފުޅުން ގަބޫލުކުރަށްވާ ފަލްސަފާއަކީ ގެއްލޭ ވަޒީރު ކަމުގެ މަގާމަކީ އެގޮނޑީގައި އިންނަވާ ބޭފުޅެއްގެ ނާގާބިލު ކަމުން ނޫނީ އެބޭފުޅަކު ހައްދަވާ ގޯސްތަކެއްގެ ސަބަބުން ގެއްލޭ ގޮނޑިއަކަށްވާތީ އެއީ ކޮންމެހެން އަލުން އެޕާޓީއަކަށް ދޭން ޖެހޭނެ ގޮނޑިއެއް ނޫން ކަމަށެވެ. އެގޮނޑި އަލުން ދެއްވުމާ ނުދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އިހުތިޔާރެކެވެ. އެ މަގާމަށް ގާބިލު ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރާ ބާރެކެވެ. ހެލްތު މިނިސްޓަރގެ މަގާމަށް މިފަހަރު މިވީ އެގޮތަށެވެ. އެވާހަކަ އިތުރަށް ދައްކާކަށް ނެތީމެވެ.
މިއީ މިއަދު އެބޭފުޅުން ދައްކަވާ ބަހަނާއެވެ. މިއަދު އެބޭފުޅުން ގަބޫލުކުރަށްވާ ގޮތުގައި ކޯލިޝަން ހެދީ އޭރު ވެރިކަމުގައި ހުންނެވި ވެރިމީހާ ވެރިކަމުން ބޭލުމަށެވެ. އެންމެން ގުޅުނީ އެ ވެރިކަން ނިމުމަކަށް ގެނަސް އިންތިގާލީ އިންތިޒާމު ތަކެއް ގާއިމުކޮށްގެން އަލުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހި ކުރުމަށެވެ. އެކަން ކުރެއްވުމަކީ މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ޒިންމާއެކެވެ. ވާޖިބެކެވެ. އެބޭފުޅުންގެ ލީޑަރު އެވަނީ އެކަމަށް މަގު ކޮށްޓަވައި ދެއްވައި އެ ފުރުސަތު ހުޅުވާލަ ދެއްވާފައެވެ. އެއީ މަޖިލީހުގެ ތެރެއިން ވިޔަސް ވެރިކަން ކުރާ މައިޕާޓީގެ ތެރެއިން ވިޔަސް އެބޭފުޅުންގެ ލީޑަރު އެހުންނެވީ މިހާރުވެސް އެ މަގު ތަންމިނަށް ހުޅުވާލައްވައިގެންނެވެ. މިއަދު އެބޭފުޅުން ގަބޫލު ކުރަށްވަނީ ކޯލިޝަނަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން ކަމަށެވެ. ގާނޫނު އަސާސީ ދަންނަ ވާހަކައެއް ނޫން ކަމަށެވެ.
އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކޯލިޝަނަކީ ނޫނީ ކޯލިޝަން ހަދައިގެން ވެރިކަން ކުރުމަކީ ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫނެވެ. ހަމަ އެހެންމެ ވެރިކަމަކީ ވަކި ޕާޓީއަކަށް އޮންނަ އެއްޗެއް ކަމެއްވެސް ގާނޫނު އަސާސީއެއް ނުދަނެއެވެ. ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމުގައި ގިނަ ޕާޓީ ތަކަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭ ގޮތަށް އޮތް ނަމަވެސް އަދި އިންތިޚާބުގެ ވޯޓުލާ ކަރުދާސްކޮޅުގައި ޕާޓީގެ ނިޝާން ޖަހާފައި އޮތް ނަމަވެސް ކޯލިޝަން ހަދައިގެން ވެރިކަމަށް ވާދަކުރެވޭނެ ކަމަކަށް ވެސް އަދި އެއްޕާޓީއަކުން ރައީސަކު ހުރެފައި އަނެއް ޕާޓީއެއްގެ ނާއިބް ރައީސަކު ހުންނަ ކަމެއް ވެސް ގާނޫނު އަސާސީ ނުދަނެއެވެ.
އެހެންވީމާ ގާނޫނު އަސާސީއޭ، ގާނޫނޭ، ކޯލީޝަނޭ، މަގާމު ގެއްލުނީމާ އަލުންމަގާމު ދޭން ނުޖެހޭނެއޭ ކިޔައިގެން މިދައްކަވަނީ ހުސް "ހޮޅި" ވާހަކައެވެ. ތާކުންތާކު ނުޖެހޭ ބަހަނާއެވެ. ކޯލިޝަންގައި ތިބީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ލީޑަރުން ކަމަށް ބުނެ ތުހުމަތުގެ އިނގިލި މިއަދު ދިއްކޮށް ވާހަކަ ދެއްކުމަކީ ވެސް ހުސް ބަހަނާއެވެ. މިހާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން އަދި އެމްޑީޕީއާއި އެކުގައި 2023 ގައި އިންތިޚާބަށް ނުކުންނަ ވާހަކައެއް ނުދައްކައެވެ. އެވާހަކަ ދައްކަވަނީވެސް އެމްޑީޕީގެ މެންބަރުންނެވެ.
އެވާހަކަ އެހާ އަވަހަށް ދައްކަވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވި ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އަދި އެއަށްވުރެވެސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެވުމުން 2023 ޔަގީންވާލެއް ބޮޑުކަމުން ކަމުގައި ވެދާނެއެވެ. އެކަމަކު އެއީ އަދި ހަމަ ހުވަފެނެކެވެ. ކުރެވޭ އިހުސާސް ތަކެކެވެ. ކުރެވޭ ހީއެކެވެ.
ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކަށީގައި ހިފާފައި މިހުންނަނީ ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑޭ ގޮތަށް ކަންކުރުމުގެ އާދައެވެ. އިއްޔެ އެންމެން ތިބި ހާލެއް މިއަދަކު ނުވިސްނޭނެއެވެ. 2018 ގައި އިދިކޮޅުން މީހަކަށް އިންތިޚާބުގައި ވާދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭރު ހީކުރީ ނޫނީ ހިސާބު ޖެހީ ކިތައް މީހުން ހެއްޔެވެ؟
ހުރިހާ ލީޑަރުން ތިބީ ވަރުގަދަ ކަސްތޮޅަކުން ކަސްތޮޅު އެޅި ވަރުގަދަ ހިލިހިލާއެއްގައެވެ. އެއްބަޔަކު ޖަލުގައެވެ. އަނެއް ބަޔަކު ޖާނާއި މާލު ސަލާމަތްވޭތޯ އަމިއްލައަށް އަރުވާލެވިގެންނެވެ. އެމްޑީޕީގެ މެންބަރުންނަށް އެމީހުންގެ ލީޑަރުގެ އަތްޕުޅުގައި އަތްޖައްސާލައި ސަލާން ކޮށްލުމުގެ ފުރުސަތު ލިބުނީވެސް މިދެންނެވި ކޯލިޝަންގެ ލީޑަރުންގެ ޖާނާއި މާލު ގުރުބާން ކޮށްގެން ގޮޅިއަށްވެސް ވަދެގެންނެވެ. އެހެން ލީޑަރުންނަށް އަމިއްލަ ފަސްގަނޑުގައި ފައިޖެހި ހަމަޖެހިލެވުނީވެސް އެތައް ގުރުބާނީ އެއް ވެވަޑައިގެންނެވެ. އެކަމަކު މިއަދު މިފެންނާން އުޅެނީ ހަމަ 2008 ގެ ރިޔާސީ އިންތިޚާބަށްފަހު ވެސް ފެނުނު މަންޒަރެވެ. އޭރުވެސް އިވުނު އަޑު ތަކެވެ. އެދުވަހުވެސް ކުރެވުނު ތަޖުރިބާ ތަކެވެ.

ކިޔުންތެރިންގެ ހިޔާލު