ރާއްޖޭގެ ފުޓްބޯޅަ ހިންގުން ހަރުދަނާކޮށް، ލާމަރުކަޒީ އުސޫލުން ކުރިއަށްގެންދިއުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަށުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތައް އުފެއްދުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
އިއްޔެ ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގެ ބައްދަލުވުމުގައި ވަނީ ރަސްމީކޮށް ހަތަރު ރީޖަނަލް އެސޯސިއޭޝަނެއް އުފެއްދުމަށް ފާސްކޮށްފައެވެ. އަލަށް އުފެއްދުމަށް ނިންމާފައިވާ ހަތަރު އެސޯސިއޭޝަނަކީ ނޯތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަން، ސައުތު ރީޖަން ފުޓްބޯޅަ އެސޯސިއޭޝަނެވެ.
މި ސަރަހައްދީ އެސޯސިއޭޝަންތައް އުފެދުމާއެކު، އެ ސަރަހައްދެއްގެ ލީގުތަކާއި މުބާރާތްތައް ރާވައި ހިންގުމުގެ ފުރިހަމަ ޒިންމާ އުފުލާނީ އެ އެސޯސިއޭޝަނަކުންނެވެ. މި ބަދަލާއެކު އެފްއޭއެމްގެ ދައުރު ގައުމީ ފެޑެރޭޝަނަކަށް ބަދަލުވެގެންދާނެއެވެ. އެފްއޭއެމްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ދެން ވާނީ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމާއި، މުޅި ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ޖުމްލަގޮތެއްގައި ވިލަރެސްކުރުމެވެ.
އެފްއޭއެމްގެ މިހާރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ މަގާމާ ހަވާލުވުމުގެ ކުރިން ވެސް މިކަމަށް ވަކާލާތު ކުރައްވާފައެވެ. ނަމަވެސް، ކުރިން ފީފާއިން އަންގާފައިވަނީ އަސާސީ ގަވާއިދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އެހެނިހެން ކަންކަން ފުރަތަމަ ނިންމުމަށެވެ. ޓޮމްގެ ލީޑާޝިޕުގައި މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ ގޮތަށް ރީޖަނަލް ލީގުތައް ތައާރަފުކޮށް، ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 2016 ވަނަ އަހަރު ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ރާއްޖެ ނުވަ ޒޯނަކަށް ބަހާލައި ސަބް އެސޯސިއޭޝަންތައް އުފެއްދުމަށް ލާޒިމުކުރި ނަމަވެސް، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި އެކަން ކޮށްފައެއް ނުވެއެވެ.
އެފްއޭއެމްގެ މި އައު ނިންމުމަކީ އަތޮޅުތެރޭގައި ފުޓްބޯޅަ ފުޅާކޮށް، ގިނަ ރަށްތަކެއްގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު