އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން އާންމުންނަށް ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް މުޅިން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ދަތުރުފަތުރުގެ ހިދުމަތްތަކަށް މިހާރުވެސް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު އޮތް ނަމަވެސް، ސަރުކާރުގެ އަމާޒަކީ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް މިހާރަށްވުރެ ފުރިހަމަ އަދި ޒަމާނީ ނިޒާމެއްގެ ތެރެއަށް މި ހިދުމަތްތައް ގެނައުން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު އީފާސް ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންނަށް ދިމާވާ އިދާރީ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މިކަމަށް ބޭނުންވާ ފުރިހަމަ ޕްލޭނެއް މިހާރު އެކުލަވާލެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލެވޭނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި 35 ހައިސްޕީޑް ލޯންޗާއެކު މި ހިދުމަތް ދެމުން އަންނައިރު، ބާކީ އޮތް 5 އަތޮޅަށް މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު