ރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، އެ ބައްޔަކީ އާދަޔާޚިލާފަށް ފެތުރެމުންދާ ނުވަތަ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ހިމަބިހީގެ ކޭސްތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުން ފެންނަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 100 އެއްހާ މީހުން މި ބައްޔަށް ފައްސިވެފައިވާ ކަމަށާއި، މި ހުރިހާ ކޭސްތަކެއް ވެސް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަލީގެ ނުރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔެއް ކަމަށާއި، ނަމަވެސް ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް އެހާމެ ކުރުވާނެ ކަމަށެވެ. "އެހެންވީމަ މި ބައްޔަކީ މިއަދު އަޅުގަނޑުމެންނަށް އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން،" ގީލާ ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް، ރާއްޖެއަކީ މިހާރު މި ސަރަހައްދުގައި ހިމަބިހި އެންމެ ގަދަޔަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކުރިން ރާއްޖެއިން މުޅިން ނައްތާލާފައިވާ މި ބަލީގެ ކޭސްތައް އަލުން ފެންނަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ މެދުތެރޭގައެވެ. އޭރުއްސުރެ މިއަދާ ހަމައަށް ބަލި ފެތުރުން ހުއްޓުވިފައި ނުވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު 100 އަށް އަރާފައިވުމަކީ ސިއްހީ މާހިރުން ކަންބޮޑުވާ ކަމެކެވެ.
މިނިސްޓަރު ގީލާ އިތުރަށް ވިދާޅުވީ، ކޮންމެ ބައްޔަކީ ވެސް އެ ބައްޔަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި، އަދި އެ ބައްޔެއް ކޮންޓްރޯލްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން ދާނެ ބައްޔެއް ކަމަށެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު