ކިޔަވާކުދިންގެ މެދުގައި ހިސާބު މާއްދާއަށް އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެކުލަވައިލެއްވި "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ނެރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދުނިޔެ މިއަދު ގުޅިލާމެހިފައިވާ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ޖީލުތަކަށް ހިސާބަކީ ކޮންމެހެން ބޭނުންތެރި މާއްދާއެއް ކަމަށެވެ. އަދި ހިސާބަކީ ސައިންސާއި، ޓެކްނޮލޮޖީގެ އިތުރުން މާލީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ ބިންގާ ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ހަލުވިކަމާއެކު ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ފައިހަމަކުރުމަށްޓަކައި ހިސާބުގެ ހުނަރުތައް ދަސްކުރުމަކީ ރާއްޖޭގެ މުސްތަޤްބަލުގެ ކުރިއެރުމަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
ނަމަވެސް، ގިނަ ދަރިވަރުންނަށް ހިސާބަކީ އުނދަގޫ މާއްދާއެއްގެ ގޮތުގައި އިޙްސާސް ކުރެވޭކަން ފާސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ހިސާބަކީ ދިރިއުޅުމުގެ ޢަމަލީ މައިދާނާ ދުރު، ހަމައެކަނި ފޯމިއުލާތަކަކާއި ހިސާބުތަކެއްގެ ގޮތުގައި ކުދިންނަށް ސިފަވުމެވެ. އެހެންކަމުން، ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އާ އުސޫލުތަކެއް ތަޢާރަފުކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ސާޖިދާގެ ވާހަކަފުޅުގައި، ހިސާބު މާއްދާގެ މުހިންމުކަމާއި، އާންމު ދިރިއުޅުމުގެ ކަންކަމާ އެ މާއްދާ ގުޅިފައިވާ މިންވަރު ކުދިންނަށް ބުނެދެވިއްޖެނަމަ، އެކުދިންގެ ހިތްތަކުގައި އެ މާއްދާއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ގޮތަކަށް އުނގެނުމުގެ ފުރުޞަތު ފަހިވުމުން، ދަރިވަރުން ހޯދާ އިލްމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ޤާބިލުކަން އެކުދިންގެ ކިބައިގައި އަށަގަންނާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު