ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުމުގެ މުސްތަޤުބަލު ބިނާވެފައިވަނީ މާލީ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސިލްސިލާކޮށް ގެނެސްދޭ "ޓްރޭޑް ޑެސްކް ބައި އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.
ސަފީރު ބާލަސުބްރަމާނިއަން ވިދާޅުވީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި މިހާރުވެސް ގިނަ އިންވެސްޓްމަންޓްތަކެއް ވަނީ ކޮށްފައި ކަމަށެވެ. އެގޮތުން ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ އިންޑިއާގެ ކުންފުންޏެއް އޮތްއިރު، މި އަހަރުގެ ތެރޭގައިވެސް އިތުރު އިންވެސްޓްމެންޓެއް އިންޑިއާގެ އެހެން ކުންފުންޏަކުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ރިސޯޓްތައް ތަރައްޤީކުރުމަށްޓަކައި އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ސަފީރު ހާމަކުރެއްވިއެވެ.
ނަމަވެސް، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އެންމެ ބޮޑަށް ފުޅާވެގެންދާނީ މާލީ ދާއިރާގެ ފަންނިއްޔާތުގެ ތެރެއިން ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ފިންޓެކް، ހަކަތަ ފޯރުކޮށްދިނުން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެއެވެ. ޚާއްޞަކޮށް ޔޫ.ޕީ.އައި ފަދަ ފިންޓެކް ނިޒާމުތައް ރާއްޖޭގައި ޤާއިމުކުރުމަށްޓަކައި ދިވެހި ސަރުކާރާއި "ޕޭމަންޓް މޯލްޑިވްސް" އާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށި، އެކަމުގެ "ޓާމްސް އޮފް ރިފަރެންސް" ގައި މިހާރު ސޮއިކުރަށްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ސާކްގެ އޮނިގަނޑުގެ ދަށުން މިހާރު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބަދަލުގައި، އަމާޒަކީ "ސަފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުން ކަމަށެވެ. މީގެ ސަބަބުން ދިވެހިންނަށާއި އިންޑިއާގެ ވިޔަފާރިވެރިންނަށް މުދަލާއި ޚިދުމަތް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތަކަށް ދާއިމީ ޙައްލެއް ލިބި، ބޯޑަރު ހުރަސްކޮށް ޚިދުމަތްތަކުގެ ވިޔަފާރިކުރުމަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާކަން ސަފީރު ބާލަސުބްރަމާނިއަން ވަނީ ފާހަގަކުރަށްވާފައެވެ.

Episode 15 of Trade Desk with ANA is live 🎙
— Ministry of Economic Development,Transport & Trade (@MoEDmv) July 8, 2026
With His Excellency, G. Balasubramanian, the High Commissioner of India to the Maldives, to discuss the evolving economic partnership between the Maldives and India.
From growing trade and investment opportunities to enhanced… pic.twitter.com/CbXw6EstUG
ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމަށްޓަކައި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށި، އެކަމުގެ "ޓާމްސް އޮފް ރިފަރެންސް" ގައި މިހާރު ސޮއިކުރަށްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ސާކްގެ އޮނިގަނޑުގެ ދަށުން މިހާރު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބަދަލުގައި، އަމާޒަކީ "ސަފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުން ކަމަށެވެ. މީގެ ސަބަބުން ދިވެހިންނަށާއި އިންޑިއާގެ ވިޔަފާރިވެރިންނަށް މުދަލާއި ޚިދުމަތް އެކްސްޕޯޓްކުރުމުގައި ހުރި ހުރަސްތަކަށް ދާއިމީ ޙައްލެއް ލިބި، ބޯޑަރު ހުރަސްކޮށް ޚިދުމަތްތަކުގެ ވިޔަފާރިކުރުމަށް އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާކަން ސަފީރު ބާލަސުބްރަމާނިއަން ވަނީ ފާހަގަކުރަށްވާފައެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު