މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާލުން ބޭރު ކަނޑުމަތީގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، އެ ތަނުން ފިލައިގެން ދިޔަ ލޯންޗު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:15 ހާއިރުއެވެ. މި ހާދިސާގައި ދެ ލޯންޗެއް ޖެހިފައިވާއިރު، އޭގެ ތެރެއިން އެއް ލޯންޗު ކަމަށްވާ "ލީޖަން-1" ވަނީ އެކްސިޑެންޓަ

ށްފަހު އެއް ނަންބަރު ޖެޓީއަށް ގާތްކޮށް، ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް، މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެ ހާދިސާ ހިނގުމާއެކު މަޑުނުކޮށް އެ ސަރަހައްދުން ފިލައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ހަތަރު ބިދޭސީ ފިރިހެނުންނެވެ.

ހުކުރު ދުވަހު ފުލުހުން ކުރި އިިއުލާނެއްގައި ބުނެފައިވަނީ، އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު