އިންޑިއާގެ ޣާޒިއާބާދުގައި އިމާރާތްކުރަމުންދާ މޯލެއްގެ ބޭސްމަންޓް ތެރެއިން 7 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމާއި ރުޅިވެރިކަން ވަނީ އުފެދިފައެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުން ކަށަވަރުވެފައިވާ ގޮތުގައި، އެ ކުއްޖާ މަރުވުމުގެ ކުރިން ވަނީ ރޭޕްކޮށްފައެވެ. އަދި އެ ކުއްޖާ މަރުވެފައިވަނީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށާއި، ހަށިގަނޑުގައި ގިނަ އަދަދެއްގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ޝައްކު ކުރާ ގޮތުގައި އެ ކުއްޖާ ވަނީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާއިން ތިރިއަށް އެއްލާލާފައެވެ.
މި މައްސަލައާ ގުޅިގެން އެ ކުއްޖާގެ އާއިލާއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ފުލުހުން ވަނީ މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ ކުއްޖާގެ މައިންބަފައިންނަކީ އެ އިމާރާތްކުރާ ސައިޓުގައި މަސައްކަތްކުރާ މަސައްކަތްތެރިން ކަމަށާއި، އެ ކުއްޖާ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
ފުލުހުން މިހާރު ވެސް އަންނަނީ މި މައްސަލައާ ގުޅުންހުރި 4 ނުވަތަ 5 މީހަކު ހައްޔަރުކޮށް، ސުވާލުކުރަމުންނެވެ. އަދި މިކަމުގައި އިތުރު ދެ މީހަކު ޝާމިލުވާކަމަށް ބެލެވޭތީ، އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ރައްޔިތުން ނުރުހުން ފާޅުކޮށް، އެ ސައިޓުގައި ތިބި ސެކިއުރިޓީ ގާޑުންނަށް ހަމަލާދޭން ވެސް މަސައްކަތްކޮށްފައިވެއެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުންގެ ހާއްސަ ފައުޖެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން އަންނަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، މި ލާއިންސާނީ އަމަލު ހިންގި ފަރާތްތައް ހޯދުމަށް ފޮރެންސިކް ހެކިތައް އެއްކުރަމުންނެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު