ކަރެކްޝަންސްގެ އޮފިސަރުންތަކެއް ގައިދީން ގޮވައިގެން ދަނީ-
ކަރެކްޝަންސްގެ އޮފިސަރުންތަކެއް ގައިދީން ގޮވައިގެން ދަނީ-
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ބަލައި ފާސްކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ޚާއްޞަ ސާޗް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ކަރެކްޝަންސް އިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުންނާ ގުޅިގެން އައްސޭރި ޖަލުގައި މިއަދު ހެނދުނުން ފެށިގެން އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް، މި އޮޕަރޭޝަން ހިންގަންޖެހުނު ވަކި ސަބަބެއް ނުވަތަ މިހާތަނަށް ފެނިފައިވާ ތަކެއްޗާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ޖަލުތަކަކީ 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ތަންތަނަށް ވީނަމަވެސް، ގަވާއިދާ ޚިލާފަށް ޖަލަށް ތަކެތި ވެއްދުމާއި، ޖަލުގެ ތެރޭގައި އެކި ބާވަތުގެ ކުށްތަކަށް މަގުފަހިވާ ކަންކަން ހިނގުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ޚާއްޞަކޮށް ޖަލަށް މަސްތުވާތަކެއްޗާއި މުވާސަލާތީ ވަސީލަތްތައް ވެއްދުމުގެ މައްސަލަތައް އެކިފަހަރު މަތިން ފެންމަތިވެއެވެ.

ޖަލުތަކުން ހިންގާ ސްކޭމް ކޯލްތަކާއި އެހެނިހެން ޖަރީމާތައް ހުއްޓުވުމަށްޓަކައި ސަރުކާރުންނާއި ކަރެކްޝަންސް އިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ޖަލުން ކުރާ ކޯލްތައް ދެނެގަނެ ރިޕޯޓު ކުރެވޭނެ ނިޒާމެއް މިދިޔަ އަހަރު ވަނީ ގާއިމުކޮށްފައެވެ.

އަދި ޖަލަށް ވަދެ ނިކުމެވާ މީހުން ބަލައި ފާސްކުރުމަށްޓަކައި މާފުށީ ޖަލުގައި މި އަހަރު ވަނީ 'ބޮޑީ ސްކޭނިން' މެޝިނެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް