ދިވެހިރާއްޖެއިން ބަހުރެއިނަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް، ތަޖުރިބާކާރު ޑިޕްލޮމެޓް އަޙްމަދު ސަރީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވަވާފައެވެ. އަޙްމަދު ސަރީރަކީ މިހާރުވެސް ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ އިތުރުން، މޮރޮކޯއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.
އަޙްމަދު ސަރީރަކީ ޚާރިޖީ ދާއިރާގައި ގާތްގަނޑަކަށް 38 އަހަރުގެ ދިގު ތަޖުރިބާ ހުރި ބޭފުޅެކެވެ. 1986 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސަރީރު ވަނީ ދިވެހި ޚާރިޖިއްޔާގެ އެންމެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި ފޮރިން ސެކްރެޓަރީގެ މަގާމާއި، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމު ހިމެނެއެވެ.
މީގެ އިތުރުން، އޭނާ ވަނީ އެމެރިކާ އާއި ބަންގްލަދޭޝްގައި ރާއްޖޭގެ ސަފީރުކަން ކުރައްވާފައެވެ. އަދި ސަރަހައްދީ ޖަމްއިއްޔާ، ސާކްގެ އިސް މަގާމުތަކެއްވެސް ވަނީ ފުރުއްވާފައެވެ. ރައީސް ޑރ. މުއިއްޒު އޭނާ ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް އައްޔަނުކުރެއްވީ 2024 އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު