ކޮރޯނާވައިރަސް ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށާއި ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ އަސަރު ކުޑަކޮށް މުވައްޒަފުންގެ ވަޒީފާތައް ދެމެހެއްޓުމަށްޓަކާ އަޅާފިޔަވަޅެއްގެ ގޮތުން މުސާރައާއި އެހެނިހެން ޚަރަދު ބަރަދު ކުޑަކުރުމުގެ ވިސްނުމެއް ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން ގެންގުޅޭކަން އެފަދަ ބައެއް ކުންފުނިތަކުން ހާމަކޮށްފިއެވެ.
ދުނިޔޭގައު ހަލުއިކަމާއުކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޯވިޑް 19 ރޯގާ ރާއްޖޭގައި ފެތުރެމުން ދިއުމާ މިކަމާ ގުޅިގެން ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށްވެ ރާއްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި ކުންފުނި ބަނގުރޫޓް ނުވެ ދެމެހެއްޓުމަށްޓަކާ ވިސްނުންތެރިކަމާއެކު މިހިންމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމުގައި ރަސް އޮންލައިނާ މައުލޫމާތު ހިއްސާކުރި ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.
ނަން ނުޖެހުމަށް އެދި މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނީ މިދަނޑިވަޅުގައި ކުންފުނި ބަނގުރޫޓުނުވެ، މިވައްޒިފުންގެ ވަޒީފާތައް ވެސް ނުގެއްލޭ ގޮތަށް ޚަރަދުތައް ކުރުމަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ކުންފުނިތައް ވެސް މިވަގުތު ދެމެހެއްޓޭނީ މިފަދަ ފިޔަވަޅުތަކެއް އަޅައިގެން. މުސާރަތައް ކުޑަނުކޮށް ޚަރަދުތައް ކުޑަ ނުކުރަންޏާ ދެން ޖެހޭނީ އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަން. އަޅުގަނޑުމެން މިއުޅެނީ އެނޫން ސޮލިއުޝަނެއް (ހައްލެއް) ހޯދަން.” ނޫހާ ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ބުނީ ޚަރަދު ކުޑަ ކުރުމަށްޓަކާ މުސާރަ ކުޑަކުރުމުގެ އިތުރުން ކުއްޔަށް ހިފާފައި ހުރި ބައެއް އިމާރާތްތައް ދޫކޮށްލުމާއި ބިދޭސީ މުވައްޒަފުން މަދު ކުރުމާއި ހިންގުމުގެ ޚަރަދު ކުޑަކުރުންވެސް ހިމެނޭ ކަމަށެވެ.
ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ރާއްޖެއިން ދަނީ ރައްކާތެރި ކަމުގެ މުހިންމު ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން މި ބަލި ފެތުރޭ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރުމާއި އެފަދަ ޤައުމުތަކުން ރާއްޖެއަށް އުދުހުންވެސް ވެސް ވަނީ މަނާކޮށްފައެވެ. އަދި ރާއްޖެއައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ބައެއް ރިޒޯޓު ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރޯގާއަށް ޕޮޒިޓިވްވެ އެ ރިޒޯޓުތަކަށް އަރާފޭބުން ވެސް މަނާކުރިއެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް 19 އަށް 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖެއަށް ދަތުރުކުރުމަށް ހަދާފައިވާ ބުކިންގތައް ކެންސަލް ކުރަމުންދާތީ ރިޒޯޓްތަކުގެ އޮކިއުޕެންސީ ވަރަށް ބޮޑަށް ދަށްވަމުންދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު