ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދުގެ ޖަލްސާގައި މި މަޤާމަށް އަމީޒާ އައްޔަންކުރުމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަރީރު އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޭނާ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމަށް އައްޔަންކުރެއްވުމަށް ނިންމެވުމުންނެވެ.
މި މަޤާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ފާތިމަތު އަމީޒާގެ ނަމެވެ.
މި މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އަމީޒާއަށެވެ. އެގޮތުން އަމީޒާއަށް %92.44 މާކްސް ލިބިވަޑައިގަތްއިރު، ހަލީމަށް ލިބިވަޑައިގަތީ %82.89 މާކްސްއެވެ. ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި ދެ ބޭފުޅުންނަކީވެސް އެ މަޤާމަށް ޤާބިލު ބޭފުޅުންކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އިއްތިފާޤުވެފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަންކުރުމަށް ރުހުން ލިބިވަޑައިގަތް އަމީޒާއަކީ މިހާރުވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި، ޓެކްސްގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު