ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 12 ނޮވެމްބަރު 2023 އިން ފެށިގެން މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެ ތެރޭގައި ޑީޕޯޓްކޮށްލި މީހުންނާއި އެ ނޫންވެސް ގޮތްގޮތުން ފޮނުވާލި މީހުން ހިމެނެއެވެ. މިގޮތުން ފޮނުވާލި މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުންތައް ފުރިހަމަ ނޫން މީހުންނެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ އެއްކޮށްފައެވެ. މި މަސައްކަތުގެ ބޭނުމަކީ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ބޭނުންކޮށްގެން އެމީހުންގެ ވަނަވަރު ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގައި 2,895 މީހުން ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސައްޚަ ވިސާއެއް ނެތި އުޅޭ މީހުންނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ފޮނުވާލުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަސްދުވަހު ބާރުމިނުގައި ކުރިއަށް ގެންދާނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 196,024 ބިދޭސީން އުޅެމުންދާއިރު، މަސައްކަތްކުރާ އުމުރުފުރާގައި ދިވެހިންނަށްވުރެ ބިދޭސީންގެ އަދަދު ގިނައެވެ. ސަރުކާރުން މިހާރު ވަނީ އަންނަ އަހަރުން ފެށިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓްކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ARG

ކިޔުންތެރިންގެ ހިޔާލު