ކުރީ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1,755 ފަރާތަކަށް، އެކި ސަބަބުތަކާހުރެ އަދިވެސް ރަސްމީ ލިޔުންތައް ހަވާލުނުކުރެވި އޮތް ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3,548 ގޯއްޗެވެ. މީގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ސޮއިކޮށް، ލިޔުންތައް ހަވާލުކުރެވިފައިވަނީ 3,043 ފަރާތަކަށެވެ. ނަމަވެސް ބާކީ ހުރި ގޯތިތަކުގެ ލިޔުންތައް ހަވާލުކުރުން ވަނީ މަޑުޖެހިފައެވެ.
މި ލިޔުންތައް ހަވާލުނުކުރެވި ލަސްވަމުންދާ މައިގަނޑު ސަބަބުތަކާ ގުޅޭގޮތުން ހައުސިންގ މިނިސްޓްރީން ބުނީ، ލިޔުން ނުދެވި ހުރި ގޯތިތައް ހުރި ސަރަހައްދުތަކަކީ މިވަގުތު މަސައްކަތު ސައިޓުތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދުތަކަށް ވާތީ ކަމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ވެސް ބައެއް ބިންތަކުގެ އިދާރީ މަސައްކަތްތައް ނިންމުމަށް ވަގުތު ބޭނުންވާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ގޯތި ލިބުނު ފަރާތްތަކަށް ލިޔުންތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އާ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން 'ހިޔާވެހި ޕޯޓަލް' މެދުވެރިކޮށް، ގޯތީގެ އެއްބަސްވުމާއި ރަޖިސްޓްރީ ފަދަ ލިޔުންތައް އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.
ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެ ސަރަހައްދު ތަރައްޤީ ކުރަނީ ހަމައެކަނި މީހުން ދިރިއުޅޭ ބިންތަކެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، އެތަނަކީ ފުރިހަމަ އަވަށަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ތަނަކަށް ހެދުމަށް ވަނީ ރޭވިފައެވެ. މިގޮތުން ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތްތަކަށް ބިން ކަނޑައެޅުމުގެ އިތުރުން، އިޤްތިޞާދީ އަދި ސިނާޢީ މަސައްކަތްތަކަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޮޑެތި ސަރަހައްދުތަކެއް އެ ޕްލޭންގައި ވަނީ ޚާއްޞަކޮށްފައެވެ.

ARG

ކިޔުންތެރިންގެ ހިޔާލު