މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސް، އެކަން އިއުލާންކޮށްފިއެވެ.
މާލޭ ނޯތު ހާބަރުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގެނެވުނު މި އިސްލާހުތަކުގެ ތެރޭގައި ފަސް ދުވަހުގެ މުއްދަތަށް ކިއު "ހޯލްޑް" ކުރުމުގެ ފުރުސަތު މުޅިން އުވާލުން ހިމެނެއެވެ.
މީގެ ކުރިން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުތަކުގައި އުޅަނދުތައް ފަސް ދުވަހަށް ކެންސަލް ނުވާގޮތަށް ބޭއްވުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާރު އެ ފުރުސަތު ވަނީ ނިމުމަކަށް ގެނެސްފައެވެ. ނަމަވެސް، އުޅަނދުތައް "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް ދެމިއޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމުގެ ފުރުސަތު ވެސް ވަނީ އުވާލާފައެވެ.
އެހެންކަމުން، އުޅަނދުތަކުން "އޭ" ޒޯން، އެކްސްޕްރެސް ޒޯން، ނުވަތަ "ސީ" ޒޯންގެ ތެރެއިން އިހުތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައި އެކަނި ނޯޓުކުރެވޭނެއެވެ.
މި އުސޫލުގެ ބޭނުމަށްޓަކައި، ކީވޯލުން ޖާގަ ލިބި، މުދާ އަރުވައި ނިމި، ފައިސާ ދެއްކުމަށްފަހު އުޅަނދު ފުރުމާ ހަމައަށް އޮންނަ މުއްދަތަކީ "އެއް ދަތުރު" ކަމަށް ކަނޑައަޅާފައިވެއެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންނެވެ. މި ބަދަލުތަކަކީ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ގެނެވުނު ބަދަލުތަކެއްކަން ފާހަގަކުރަމުން، ކުރިއަށް އޮތް ތަނުގައިވެސް ހިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު