ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ކުރާ ހޭދައާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި މުހިންމު ސަރވޭއެއް ހިންގުމަށް ނިންމައިފިއެވެ.
މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ސަރވޭ ކުރިއަށްގެންދަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް އެންމެ ފުރިހަމަގޮތުގައި ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަޤުސަދުގައެވެ. މި ސަރވޭގައި މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ދިވެހިންނަށެވެ. އެގޮތުން ދަތުރުވެރިންގެ ފަރާތުން އޮޅުންފިލުވުމަށް ހަމަޖެހިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މަޤުސަދާއި، ދަތުރުކުރި ޤައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި މުޅި ދަތުރަށް ޖުމްލަ ހިނގި ޚަރަދުގެ މައުލޫމާތު ހިމެނެއެވެ.
މި ސަރވޭއާ ގުޅޭގޮތުން އެމްއެމްއޭއިން އިތުރަށް ބުނީ، މި މައުލޫމާތުތައް އެއްކުރި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސަރވޭގައި އެއް ނުކުރާނެ ކަމަށެވެ. އަދި ސަރވޭގައި ނަގާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އެ އޮތޯރިޓީން ވަނީ އަރުވާފައެވެ.
ސަރވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރަކާތްތެރިވަމުންދާނެތީ، މި މުއްދަތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ފަރާތުން މި ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު