ހުޅުމާލޭގައި ހުންނަ 'ޚާންޖީ' ރެސްޓޯރެންޓުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ވެއިޓަރަކު މަރާލި މައްސަލައިގައި، އެ ރެސްޓޯރެންޓުގެ ޕާކިސްތާނުގެ ކައްކާއެއް ކަމަށްވާ މުޙައްމަދު އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ހިނގި މި ހާދިސާގައި ވެއިޓަރު އެމް.ޑީ ޝަމީމް މަރާލި މައްސަލައިގައި ދައުލަތުން އާބިދުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފައިވާއިރު، މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ވަނީ އެ ދައުވާ އާބިދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ހުކުމް އިއްވަވާފައެވެ. ނަމަވެސް، ޝަރީއަތުގައި އާބިދު ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ އަމިއްލަ ނަފްސުގެ ދިފާއުގައި އަތްހޫރާލި ވަގުތެއްގައެވެ. އަދި އެވަގުތު އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ހާދިސާ ހިނގި ރޭ، ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު