މާލެ ސަރަޙައްދުގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކުގައި ގެއްލިގެން ރިޕޯޓުކުރި ފައިސާގެ ތެރެއިން އަށް ލައްކައަށްވުރެ ގިނަ ރުފިޔާ، ކުރު މުއްދަތެއްގެ ތެރޭގައި ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ހިނގި ކުށްތަކުގައި ޖުމްލަ 838,434 ރުފިޔާ ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުން މީގެ ތެރެއިން 826,730 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 98 އިންސައްތައަށްވުރެ ވެސް މަތީ އަދަދެކެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ފުލުހުންގެ މީސްމީޑިއާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް ފުލުހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތުން ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. ދެވަނައަށް އެންމެ ގިނައިން ގަލޮޅު ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައިވާއިރު، ތިންވަނައަށް އެންމެ ގިނައީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލަތަކެވެ. އެންމެ މަދުން މައްސަލަ ރިޕޯޓުކޮށްފައިވަނީ އެއަރޕޯޓް ޕޮލިހަށެވެ.
ފައިސާ ހޯދިފައިވާ މިންވަރަށް ބަލާއިރު، މާފަންނު ފުލުހުން ވަނީ 396,888 ރުފިޔާ ހޯދާފައެވެ. ގަލޮޅު ފުލުހުން 225,215 ރުފިޔާ ހޯދިއިރު، ހެންވޭރު ފުލުހުން ވަނީ 175,250 ރުފިޔާ ހޯދާފައެވެ. މީގެ އިތުރުން އެއަރޕޯޓް އަދި ޓޫރިސްޓް ފުލުހުން 26,335 ރުފިޔާ ހޯދާފައިވާއިރު، ވިލިމާލޭ ފުލުހުން ވަނީ 3,042 ރުފިޔާ އަނބުރާ ހޯދާފައެވެ.
ފުލުހުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ޤައުމުގެ އަމާންކަން ދެމެހެއްޓުމަށާއި، މިފަދަ ކުށްތަކުން ރައްޔިތުން ސަލާމަތްކުރުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަކީ އެ އިދާރާގެ މުހިންމު އަމާޒެއް ކަމުގައި ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު