ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރަން ފަށައިފިއެވެ. މިގޮތުން ރާއްޖޭގެ ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް އުފުލި، ނިމިދިޔަ މެއި މަހު ޓްރާންސްޕޯޓް އިންފްލޭޝަން 9.3 އިންސައްތައަށް އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭޕްރީލް މަހާ އަޅާބަލާއިރު 1.1 އިންސައްތައިގެ އިތުރުވުމެކެވެ. އޭޕްރީލް މަހު ދަތުރުފަތުރުގެ އިންފްލޭޝަން 8.2 އިންސައްތައިގައި ހުރިއިރު، މާޗް މަހު މި އަދަދު ހުރީ 6 އިންސައްތައިގައެވެ. މިއީ ދަތުރުފަތުރުގެ އަގުތައް މަހުން މަހަށް ހަލުވިކަމާއެކު މައްޗަށް ދާކަން ހާމަކޮށްދޭ ހެއްކެކެވެ.
އަގުތައް މިހާ ބޮޑަށް އުފުލެން މެދުވެރިވި މައިގަނޑު ސަބަބެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޓިކެޓު އަގުތައް ވަނީ ބޮޑުވެފައެވެ. އެންބީއެސް އިން ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެކަނިވެސް ފްލައިޓް ޓިކެޓުގެ އަގުތަކަށް ވަނީ 5.6 އިންސައްތައިގެ ކުރިއެރުމެއް އައިސްފައެވެ. ވަކިން ހާއްސަކޮށް ރާއްޖޭން ބޭރަށް ކުރާ ވައިގެ ދަތުރުފަތުރުގެ އަގުތައް ވަނީ 9.35 އިންސައްތައަށް އުފުލިފައެވެ.
މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ އެންމެ 0.6 އިންސައްތައިގައެވެ. އެހެންކަމުން އަހަރުން އަހަރަށް ބަލާއިރު މިއީ ގާތްގަނޑަކަށް 1،500 އިންސައްތައިގެ ބޮޑުވުމެކެވެ.
އެންބީއެސްގެ ރިޕޯޓުގައިވާ ގޮތުން، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގައި ހިމެނޭ ހުރިހާ ގުރޫޕެއްގެ އަގުތައް ޖުމްލަކޮށް 2.54 ޕަސެންޓް އުފުލިފައިވާއިރު، އެންމެ ބޮޑު މަތިވުމެއް ފެނުނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. މިގޮތުން ބޭރުގެ ވައިގެ ދަތުރުފަތުރުގެ އަގު 17.75 ޕަސެންޓް އުފުލިފައިވާއިރު، ކަނޑު ދަތުރުފަތުރުގެ އަގުތައް ވެސް ވަނީ 1.08 ޕަސެންޓް މަތިވެފައެވެ.
ފާއިތުވި ފަސް އަހަރަށް ބަލާއިރު، މިއީ ދަތުރުފަތުރުގެ އަގުތައް މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރު ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އަގުތައް 6 އިންސައްތައަށް އުފުލުނު ނަމަވެސް، މިހާރު މިވަނީ އެ މިންވަރަށް ވުރެ މާ މައްޗަށް އަގުތައް ގޮސްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އަގުތައް ދަށްވަމުން ގޮސް، މިދިޔަ އަހަރު ނިމުނުއިރު 0.7 އިންސައްތައަށް ތިރިވިއެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅުން ފެށިގެން މިވަނީ އަނެއްކާވެސް އަގުތައް މައްޗަށް ދާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު