ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރުމުގެ ކުރިން، ކުންފުނިތަކަށް އިންތިހާއަށް މުވައްޒަފުން އިތުރުކުރުމުގެ ޒިންމާ ނަގަންޖެހޭ ވެރިން މަގާމުތަކުން ވަކިކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކުންފުނިތަކަށް ތިން މަހުގެ މުއްދަތެއް ދީފަ އެވެ. މިކަމާ ގުޅޭގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ އެތައް އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާ ސީދާ ގުޅިފައިވާ ނުރައްކާތެރި އަދި ބޮޑު ނިންމުމެއް ކަމަށެވެ.
އަދި މިގޮތުން ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެެވެ.
މި ނިންމުމުގެ ސަބަބުން މަދުވެގެން 25،000 މީހުންގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވަމުން ފައްޔާޒު ވަނީ، މިއީ ރާއްޖޭގެ އާބާދީގެ 20 އާއި 25 އިންސައްތައާ ގުޅުންހުރި ކަމެއްކަން ފާހަގަކުރައްވާފަ އެވެ.
އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ދުވަސްވަރުވެސް ސަރުކާރުން 22،945 މީހުންގެ ވަޒީފާ ހިފަހައްޓައިދީ، މުސާރަ ދެމެހެއްޓުމަށް މަސައްކަތްކޮށްފައިވާކަން އޭނާ ހަނދުމަފުޅުކޮށްދެއްވި އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު