ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތްތަކުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަޒީޒާ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މައްސަލައިގެ ތަހުގީގު ފަށާފައެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.
މިސްކިތަށް ދީފައިވާ ގެއްލުންތަކަށް ބަލާއިރު، މިސްކިތުގެ ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މީގެ އިތުރުން، މިސްކިތުގެ އެތެރޭގައި ހުރި މުސްހަފްތައް އުކާލައި، ކީރިތި ގުރުއާނުގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު