އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އެ ގައުމުގެ ދެ ފަސިންޖަރެއްގެ ލަގެޖް ފާސްކުރުމުގެ ތެރޭގައެވެ. އެ މީހުންގެ ލަގެޖްގައި ފޮރުވާފައި ހުރި 5.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ އިރު، މި ތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މީގެ އިތުރުން، ބެންގަލޫރުން ރާއްޖެއަށް އައި އިންޑިއާ ބައެއްގެ ލަގެޖްތަކުގައި އިތުރު ފޫތަކެއް އަޅައި، އޭގެ ދަށުގައި ފޮރުވައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަވެސް ކަމާބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި އިންޑިއާގެ ދެ މީހުންނެވެ.
މި މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ފަހަކަށް އައިސް އިންޑިއާ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެ އައި އުމުރުން 30 އަހަރުގެ މީހަކު އޭނާގެ ޓެނިސް ބޫޓުގެ ފުލުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން އިތުރުވަމުންދާތީ، އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ހާއްސަ އެޑްވައިޒަރީއެއްވެސް ނެރެފައެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ ގާނޫނުގެ ދަށުން މަރުގެ އަދަބު ކަނޑައެޅިފައިވާ ބޮޑު ކުށެކެވެ. މިފަދަ މައްސަލަތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު