އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ "ސަވާހިލި" އެ ސިޓީގެ އިޚްތިޞާޞުން ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނެރުއްވި ގަރާރެއްގެ ދަށުން، މަރަދޫފޭދޫގެ ދެކުނުން އޮންނަ ސަވާހެލި ވަނީ އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞުން އުނިކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް، މި ނިންމުން އައިސްފައިވަނީ އެ ރަށުގައި މުނިފޫހިފިލުވުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިޢުލާން ކުރިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ.
މިކަމާ ގުޅިގެން މޭޔަރު ނިޒާރު ބައެއް މީޑިއާތަކަށް ވިދާޅުވީ، ސަރުކާރުން ސަވާހެލި އަތުލީ އައްޑޫގެ ރައްޔިތުންނަށް ފައިދާވާނެ ފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހުރަސް އެޅުމަށް ކަމަށެވެ. "ސަރުކާރުން ބޭނުމެއް ނުވޭ އައްޑޫގައި އެއްވެސް ތަރައްގީގެ މަސައްކަތެއް ކުރާކަށް. މިހާރުވެސް އެއްވެސް ކަމެއް ނުކުރޭ، އަދި ކުރަން އުޅޭ ކަންކަމަށްވެސް މިދަނީ ހުރަސް އަޅަމުން،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އައްޑޫގެ ފަތުރުވެރިކަން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން ފޭދޫގައި ގާތްގަނޑަކަށް 1،000 އެނދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާގެ އުންމީދަކީ އެ ސަރަހައްދާ ގުޅުވައިގެން ސަވާހެލި ތަރައްގީކޮށް، އިތުރު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫގެ ތަރައްގީއަށް ހުރަސް އަޅަނީ ހަމައެކަނި ސަރުކާރުން ނޫން ކަމަށާއި، ސަރުކާރަށް ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިކަމުގައި ބައިވެރިވާ ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ.
ކައުންސިލުން ކުރި އިޢުލާނުގައި ވަނީ ސަވާހެލީގެ 79،753.74 އަކަމީޓަރުގެ ބިމާއި އެ ރަށުގެ ފަޅު ހިމެނޭ ސަރަހައްދު 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައެވެ. އެތަނުގައި ބީޗް އޭރިއާ، ވޯޓަރ ސްޕޯޓްސް، ސްވިމިންގ ޕޫލް، ކާބޯތަކެތީގެ ޚިދުމަތް އަދި އެހެނިހެން މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ރާވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 56-1 (ހ) ގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ. މި ބަދަލާއެކު، ސަވާހެލި ދެން ބަލަހައްޓާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. ސަރުކާރުން މިހާރު ވަނީ އައްޑޫ ސިޓީގެ އިސްލާހުކުރެވިފައިވާ ޗާޓު ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު