މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ޕީސީބީން މިއަދު ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ސ. މީދޫ، ހަސަންކާރިގެ، އަޙުމަދު ނިޔާޛު، 23 ޖުލައި 2026 އިން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.
ނިޔާޒު އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ 30 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް، އޭނާ އެ މަގާމުން ވަކިކުރި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަހުމަދު ނިޔާޒް އެމްޓީޑީސީއާ ފުރަތަމަ ގުޅިވަޑައިގަތީ 5 ނޮވެމްބަރު 2007 ގައެވެ. ނިޔާޒަކީ އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރަށްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަސިޓީން ޑިޕްލޮމާ އިން ޑިރެކްޓާޝިޕް ވެސް އޭނާ ވަނީ ފުރިހަމަ ކުރަށްވާފައެވެ.
ނިޔާޒް މަޤާމުން ވަކި ކުރަށްވާފައިވާއިރު އޭނާ ނިސްބަތްވާ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ "ސަވާހިލި" އެ ސިޓީގެ އިޚްތިޞާޞުން ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ބަހުގެ ޙަމަލާތަކެއް ދަނީ ބަދަލު ކުރަމުންނެވެ. އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞުން "ސަވާހިލި" ވަކިކޮށްފައިވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ނަމަވެސް، ސަރުކާރުގެ މި ނިންމުން އައިސްފައިވަނީ އެ ރަށުގައި މުނިފޫހިފިލުވުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިޢުލާން ކުރިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު