އައްޑޫ ސިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ "ސަވާހެލި" މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަކީ އައްޑޫގެ ރައްޔިތުންނާއި ކައުންސިލުގެ ބާރުވެރިކަން ނިގުޅައިގަތުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަވާހެލި މަރުކަޒީ ސަރުކާރުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ތަރައްޤީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. މިއީ އައްޑޫގެ އިޤްތިޞާދަށާއި ޒުވާނުންގެ މުސްތަޤުބަލަށް އޮތް ވަރަށް އުއްމީދީ މަޝްރޫޢެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި މަޝްރޫޢަކީ އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި، ފަތުރުވެރިކަން ކުރިއަރައި، ޚާއްޞަކޮށް ސަވާހެލި ކުރިމަތިން ފަތުރުވެރިކަމުގެ ޒޯން އޮންނަ ފޭދޫގެ އިތުރުން، އައްޑޫގެ އެހެން ރަށްތަކުގައިވެސް ގެސްޓްހައުސް ވިޔަފާރިއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުންނާއި އެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޙައްޤެއް ނިގުޅައިގަތުން ކަމަށެވެ. އަދި ސިޓީއެއްގެ މުސްތަޤުބަލާމެދު ގޮތް ނިންމަންވާނީ މާލޭގެ ފިނި ކޮޓަރިތަކުގައި ތިބޭ ބަޔަކު ނޫން ކަމަށާއި، އެ ޙައްޤު އޮންނަންވާނީ ސީދާ އެ ސިޓީއެއްގެ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ މުސްތަޤުބަލާ ގުޅިފައިވާ މި މުހިންމު ފަޅުރަށް، އެއްވެސް ލަސްކުރުމެއް ނެތި އަނބުރާ އައްޑޫ ސިޓީގެ އިޚްތިޞާޞަށް ގެނެސް، ރައްޔިތުންނާ ޙަވާލުކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު