ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން، 66 ބޭފުޅަކަށް މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން އަރުވައިފިއެވެ.
މި ބޭފުޅުންނަށް ޝަރަފު އެރުވުމަށް ބޭއްވި ރަސްމީ ޖަލްސާ އޮތީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ސޯޝަލް ސެންޓަރުގައެވެ. ޚިދުމަތްތެރިންނަށް މި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަދުގެ ޖަލްސާގައި މި ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މީގެ ތެރޭގައި ހިމެނެނީ މިހާތަނަށް ދައުލަތުގެ ފަރާތުން އެއްވެސް ރަސްމީ އިނާމެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނެވެ.
ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދަވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެފަދަ ބޭފުޅުންގެ ޚިދުމަތްތަކަކީ އެއްވެސް ހާލެއްގައި ފާހަގަނުކޮށް ދޫކޮށްލެވިގެންވާނެ ޚިދުމަތްތަކެއް ނޫންކަމަށް ޤަބޫލުފުޅު ކުރައްވާތީއެވެ. މިއަދު އިނާމު އެރުވި 66 ބޭފުޅުންނަކީ، އެ ކޮމިޓީން އެ ބޭފުޅުންގެ މަޢުލޫމާތުތައް ފުންކޮށް ދިރާސާކުރައްވައި، ބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، ޝަރުޠު ފުރިހަމަވާކަމަށް ކަނޑައެޅުއްވި ބޭފުޅުންނެވެ.
މިއީ ޤައުމީ ތަރައްޤީއަށާއި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް އެ ބޭފުޅުން ވެވަޑައިގެންފައިވާ ޤުރުބާނީއާއި ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ދައުލަތުގެ ފަރާތުން އެރުވުނު މަތިވެރި ޝަރަފެކެވެ.
މި ޝަރަފުވެރި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު