ރާއްޖޭގައި މިހާރު ޖެހިލުމެއްނެތި ހަމަޔާއި އުސޫލު ހިފަހައްޓަން ކެރޭ މީހުންނަކީ ވަރަށް މަދު ބައެއް ކަމަށާއި، އޭގެ ތެރެއިން އެކަކީ އާހިދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދަނީ އިންފޮމޭޝަން ކޮމިޝަނަރު އާހިދުގެ ބޮލުގައި ސީދާ ދޮގު އިލްޒާމު އަޅުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، އާހިދަކީ ކުރީ ސަރުކާރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި "އޯޑަރު އަންނަނީ" ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ.
މީގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީއެއްގެ ބޮލުގައިވެސް ރައީސް މުޢިއްޒު ދޮގު އިލްޒާމު އަޅުއްވާފައިވާ ކަން ފާހަގަކުރައްވަމުން، އަނެއްކާވެސް އެފަދަ ގޮތަކަށް އާހިދުގެ ބޮލުގައި ސީދާ ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ކަމަށް ވަޑޭ ވިދާޅުވިއެވެ.
އަދި އެފަދަ ކަންކަން ކުރައްވާތީ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެ ވަޑޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގައި މިހާރު، ޖެހިލުމެއްނެތި ހަމަޔާ އުސޫލު ހިފަހައްޓަން ކެރޭ މީހުންނަކީ ވަރަށް މަދު ބައެއް. ގައިމުވެސް އާހިދަކީ އޭގެ ވަރަށް މަދު އެކެއް. ކުރިން ކަސްޓަމްސްގެ ޑެޕިއުޓީއެއް ބޮލުގައި @MMuizzu ދޮގު އިލްޒާމު އެޅުވިގޮތަށް، އަނެއްކާ އާހިދު ބޮލުގައި ސީދާ ދޮގު އިލްޒާމު. ލަދު ކޮބާ؟ https://t.co/g9rcTEdfci
— Waddey (@waddey_) July 26, 2026
އެ ޕޯސްޓުގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދަނީ އިންފޮމޭޝަން ކޮމިޝަނަރު އާހިދުގެ ބޮލުގައި ސީދާ ދޮގު އިލްޒާމު އަޅުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އާހިދު ރަޝީދަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެއް ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، އާހިދަކީ ކުރީ ސަރުކާރުގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެއް ކަމަށާއި "އޯޑަރު އަންނަނީ" ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ.
މީގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީއެއްގެ ބޮލުގައިވެސް ރައީސް މުޢިއްޒު ދޮގު އިލްޒާމު އަޅުއްވާފައިވާ ކަން ފާހަގަކުރައްވަމުން، އަނެއްކާވެސް އެފަދަ ގޮތަކަށް އާހިދުގެ ބޮލުގައި ސީދާ ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ކަމަށް ވަޑޭ ވިދާޅުވިއެވެ.
އަދި އެފަދަ ކަންކަން ކުރައްވާތީ ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވެ ވަޑޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު