ރާއްޖޭގެ އިގްތިސާދު ކޮވިޑް-19ގެ ދުވަސްވަރު ކޮޅަށް ޖެހުމަށް ބޭނުންކުރި ފޯމިއުލާ ހޯދަން އެދުނު ގައުމުތަކުގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އެންގި އެންގުން އިސްތިއުނާފުކުރަން ފޮރިން މިނިސްޓްރީން ހައިކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.
މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ނިންމުމާ ގުޅިގެން، ހައިކޯޓުން މިހާރު ވަނީ އެ އިސްތިއުނާފީ ދައުވާ ފޯމުތައް ބާތިލުކޮށްފައެވެ.
މި މައްސަލައަކީ ނިމިދިޔަ ސަރުކާރުގައި، އޭރުގެ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުއްވި މައްސަލައެކެވެ.
އަޒާން އެ މައުލޫމާތު ހޯދަން އެދިވަޑައިގަތީ، ކޮވިޑް-19 އިން ރާއްޖޭގެ އިގްތިސާދު އަރައިގަތް ގޮތުގެ ފޯމިއުލާ ހޯދުމަށް ދުނިޔޭގެ ލީޑަރުން އެދެމުންދާ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެން، އެއީ ކޮން ގައުމުތަކެއްކަމާއި އެ ގައުމުތަކުގެ ވެރިންނަކީ ކޮބައިކަން ސާފުކުރުމުގެ ގޮތުންނެވެ. ނަމަވެސް، އޭރުގެ ސަރުކާރުގެ ބައެއް ބޭފުޅުން ސިޔާސީ ވާހަކައެއްގެ ގޮތުގައި ސިފަކުރެއްވި އެ މައުލޫމާތު ދޫކުރުމަށް ފޮރިން މިނިސްޓްރީން އޭރު ވަނީ ދެކޮޅުހަދައިފައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ނުދިނުމުން އަޒާން އެ މައްސަލަ އައިކޮމްގައި އިލްތިމާސްކުރުމުން، އެ ކޮމިޝަނުން ނިންމީ ގާނޫނުގައި ބަޔާންވެގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް މައުލޫމާތު ދޫނުކޮށް ހިފެހެއްޓިކަން ފޮރިން މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނުވާތީ، ރަސްމީ ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު އަޒާންއަށް ފޯރުކޮށްދިނުމަށެވެ.
ނަމަވެސް، އެ މައުލޫމާތަކީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ބަދަލުކުރެވޭ މައުލޫމާތެއް ކަމަށް ބުނެ، 2023 ވަނަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީން ވަނީ އައިކޮމްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފުރަތަމަ ހައިކޯޓުން ބަލައިނުގަތް ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމަކަށްފަހު އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގަތެވެ.
މި ޖުލައި 21 ގައި ހައިކޯޓުން ނެރުނު ނިންމުމުގައިވާ ގޮތުން، ބަންޑާރަނައިބުގެ އޮފީހުން މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހު މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، ދައުވާ ފޯމުތައް ބާތިލުކޮށްދިނުމަށް އެދި ސިޓީ ފޮނުވާފައިވަނީ މި ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.
އެހެންކަމުން ހައިކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް އެ ދައުވާ ފޯމުތައް ބާތިލުކޮށްފައެވެ. މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް ބަންޑާރަނައިބުގެ އޮފީހުން ހާމަކޮށްފައި ނުވާއިރު، އައިކޮމްގެ ނިންމުމާ އެއްގޮތަށް އެ މައުލޫމާތު ފޮރިން މިނިސްޓްރީން އަދިވެސް ފޯރުކޮށްދީފައި ނުވާ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު