ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކުނިތައް އދ. ކުނބުރުދުއަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިމަހު 19 ވަނަ ދުވަހު ތިލަފުށީގައި ހިނގި މި ހާދިސާގައި ގާތްގަނޑަކަށް 50 ޓަނުގެ ކުނި އަނދާފައިވާ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. އެ ކުންފުނިން ނިންމާފައިވަނީ މި ކުނިތައް ކުނބުރުދޫގައި އަލަށް ގާއިމުކޮށްފައިވާ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފެށުމަށެވެ.
މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށް، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވަނީ، ތިލަފުށީގެ ވިހަ ކުނިތައް ކުނބުރުދުއަށް ގެންދިއުމަކީ އެ ރަށުގެ ރައްޔިތުންގެ ސިއްހަތަށާއި، ތިމާވެއްޓަށާއި، މުޅި ސަރަހައްދުގެ ގުދުރަތީ ނިޒާމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
މެންބަރު ޒިޔާދު ފާހަގަކުރެއްވި ގޮތުގައި ކުނބުރުދޫގެ ފެސިލިޓީއަކީ މަސައްކަތް މުޅިން ނިމި، އަމަލީ ގޮތުން ކުނި މެނޭޖުކުރަން ފަށާފައިވާ ތަނެއް ނޫނެވެ. އަދި ކުނި ބެހެއްޓުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް އެތަނުގައި ނެތުމުން، ކުނިން އުފެދޭ ވިހަ ފެން ސީދާ ބިމަށް ފޭދިގެންދާނެ ކަމަށާއި، އެކަން ހުއްޓުވޭނެ ނިޒާމެއް އެރަށުގައި ނެތްކަން އޭނާ ބަޔާންކުރެއްވިއެވެ.
"ކުނބުރުދުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒުކަހަނބު އާލާވާ މުހިންމު މާހައުލަކަށް ވާއިރު، މި ގެންދާ ވިހަ ކުނިތަކުގެ ސަބަބުން އެ ސަރަހައްދުގެ ދިރުންތަކަށް ނުރައްކާވެ، ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ ދަނޑުވެރިކަމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ،" ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން، ތިލަފުށިން ގެންދާ ޕްލާސްޓިކާއި ސިނާއީ ކުނިތަކުގެ ސަބަބުން ކެންސަރު އުފައްދާ މާއްދާތައް ކަމަށްވާ ޑައޮކްސިންސް އާއި ބެންޒިން ފަދަ ތަކެތި ވައިގެ ތެރެއަށް ފެތުރި، އިންސާނުންގެ ހަށިގަނޑަށް ވާސިލުވުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށާއި އާންމު ސިއްހަތަށް ނުރައްކާތެރި ބަލިތައް ކުރިމަތިވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ފެނޭތޯ ބެލުމަށް ނެގުނު ވޯޓުގައި، މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 07 މެންބަރުންނެވެ. މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން، ރިޔާސަތުން ވަނީ މި މައްސަލަ ތަޅުމުން ބޭރުކޮށްލާފައިވާކަން އިއުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު