ފޮޓޯ ކެޕްޝަން: މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާ ދެކޮޅަށް ފާޅުގައި ބަސްބުނަމުން
ފޮޓޯ ކެޕްޝަން: މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާ ދެކޮޅަށް ފާޅުގައި ބަސްބުނަމުން
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ 28 ކުއްޖަކަށް ސްޕެއިންގައި ކުރިއަށްދިޔަ އޭނާގެ އަހަރުީ ފުޓުބޯޅަ ކޭމްޕުން ފުރުޞަތު ދީފިއެވެ.

ސްޕެއިންގެ ކަޓަލަން ޕައިރަނީސްގައި އޮންނަ ރިއަލްޕްގައި ކުރިއަށްދިޔަ 'ޕެޕް ސަމަރ ކޭމްޕް' ގައި މި ކުދިން ވަނީ ހަފުތާއެއް ހޭދަކޮށްފައެވެ. ގާޑިއޯލާ ސާލާ ފައުންޑޭޝަނުން އިންތިޒާމުކުރި މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި އުޅެމުންދާ ފަލަސްޠީނުގެ ކުދިންނަށް އުފާވެރި މާޙައުލެއްގައި އާދައިގެ ދިރިއުޅުމެއްގެ އިޙްސާސްކޮށްދިނުމެވެ. މި ކޭމްޕުގައި އެ ކުދިން ވަނީ ފުޓުބޯޅަ ތަމްރީނުތަކާއި މޫދު ކުޅިވަރު ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ޖުމްލަ 700 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ކޭމްޕުގައި، ފަލަސްޠީނުގެ ކުދިން ބައިވެރިކުރީ އެހެން ކުދިންނާ ވަކިނުވާނޭހެން އެކުއެކީގައެވެ. ބަހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ތަރުޖަމާނުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކޭމްޕް ކޯޑިނޭޓަރު ޓޯނީ އަގީލާރް ފާހަގަކުރި ގޮތުގައި ފުޓުބޯޅައަކީ ދުނިޔެ އެއްބައިކުރުވާ ވަސީލަތެކެވެ. އޭނާ ބުނިގޮތުގައި، މި ކޭމްޕުގެ ތެރޭގައި އެ ކުދިންނަކީވެސް އެހެން ކުދިން ފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިބިގެންވާ ބައެކެވެ.



ޕެޕް ގާޑިއޯލާގެ ފުޓުބޯޅަ ކޭޕުން ފުރުޞަތު ލިބުނު ފަލަސްތީނުގެ 28 ކުދީން


ފަލަސްޠީނުގެ ކުދިން މި ކޭމްޕުގައި ބައިވެރިކުރުމުގެ ޚިޔާލު އައީ ބާސެލޯނާގައި ދިރިއުޅޭ ފަލަސްޠީނުގެ ޒުވާނެއްގެ ފަރާތުންނެވެ. އަދި ޕެޕް ގާޑިއޯލާއަކީ ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކޮށް، އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޅުގައި ބަސްބުނާ ފަރާތަކަށް ވުމީ، އެ ކުދިންނަށް އޭނާއާ ބައްދަލުކުރުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. ގާޑިއޯލާ ވަނީ ކޭމްޕަށް ޒިޔާރަތްކޮށް، އެ ކުދިންނާއެކު ވަގުތު ހޭދަކޮށްފައެވެ.

ފުޓުބޯޅަ ތަމްރީނުތަކުގެ އިތުރުން، އިޖުތިމާޢީ އެކި މައްސަލަތަކަށް ހޭލުންތެރިކުރުވުމާއި، ކުޅިވަރުގެ އަޚްލާޤާ ގުޅޭ ސެޝަންތައްވެސް މި ކޭމްޕުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ގާޑިއޯލާ ސާލާ ފައުންޑޭޝަނުން ބުނިގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ އިންސާނީ އެހީތެރިކަމުގެ ފުރުޞަތުތައް ފަލަސްޠީނުގެ ކުދިންނަށް ފޯރުކޮށްދިނުމަކީ އެ ފަރާތުގެ އަމާޒެކެވެ.

ޕެޕް ގާޑިއޯލާއަކީ ޣައްޒާގެ މައުޟޫޢުގައި އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކޯޗެކެވެ. އޭނާ ވަނީ ފަލަސްޠީނުގެ ކުދިންނަށް ދުނިޔޭގެ ސަމާލުކަން ބޭނުންވާކަމަށާއި، އެ ކުދިން އެކަނިވެރިކޮށްލާފައިވާކަމަށް ބުނެ ބައިނަލްއަޤްވާމީ މުޖުތަމަޢަށް މީގެ ކުރިންވެސް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު