މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގެ ޓެކްސް ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ގާއިމުކުރުމަކީ އެ އޮތޯރިޓީގެ މުހިންމު އަމާޒެއް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވެއްޖެއެވެ.
މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އަމީޒާ ވިދާޅުވީ، މީރާގެ ޚިދުމަތްތައް އޮންލައިން ކުރުމުގެ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު މީރާއަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 96 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ ބަލައިގަންނަނީ އޮންލައިންކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޝަނާ ޖެނެރަލް ވިދާޅުވީ، މީރާގެ ކުރިމަގުގެ އަމާޒަކީ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕް" އާއެކު ރާއްޖޭގައި އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ގާއިމުކުރުން ކަމަށެވެ. މި ނިޒާމުގެ ސަބަބުން ވިޔަފާރިތަކުން އިންވޮއިސް ދޫކުރުމުގެ ވައްޓަފާޅިއަށާއި، ޓެކުހުގެ އިލްތިޒާމުތައް އަދާކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
"މި ފެށި މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، އެކަމުގެ މަންފާ ކައިރި މުސްތަގުބަލެއްގައި ގައުމަށް ލިބެން ފެށުމަކީ އަޅުގަނޑުގެ އަމާޒެއް،" އަމީޒާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނުތަކަށް ގެނެވޭ ބަދަލުތައް އޮމާންކަމާއެކު ތަންފީޒުކުރުމަށް އިސްކަންދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކާއި އިޤްޞާދީ ގޮންޖެހުންތަކާއެކުވެސް، ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމު ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަމީޒާ ދެއްވިއެވެ.
މީރާގެ 16 އަހަރުގެ ދިގު ދަތުރުގައި ކަރުދާހު ފޯމުތަކާއި ދިގު ކިއުތައް މާޒީވެ، ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ނިޒާމެއް ގާއިމުކުރެވިފައިވަނީ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއެކުކަން ފާހަގަކުރައްވައި އަމީޒާ ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މީރާއިން މިހާރު ތައްޔާރުވަމުންދަނީ ޚިދުމަތުގެ 17 ވަނަ އަހަރާ ކުރިމަތިލާއިރު، ޓެކްސް ދައްކާ ފަރާތްތަކަށް ހަމަހަމަ އަދި އިންސާފުވެރި ނިޒާމެއްގެ ތެރެއިން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު