އިއްޔެ ހެނދުނުގެ ވަގުތެއްގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ "އެމް.ވީ އެމް.އެސް.އެސް ގްރަފީން" ނަމަކަށް ކިޔާ ކޮންޓެއިނާ ބޯޓަކުން 17 ހުސް ކޮންޓޭނަރު ކޮޅުނބު ބޭރުގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް ލަންކާގެ ޑެއިލީ މިރަރ ނޫހުން ރިޕޯޓް ކޮށްފިއެވެ.
ކޮޅުނބު އިންފޮމޭޝަން ފިއުޝަން ސެންޓަރަށް ލިބިފައިވާ ރިޕޯޓްތަކާ ހަވާލާދީ ޑެއިލީ މިރަރ ނޫހުން ބުނެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ. މި ބޯޓަކީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ދިވެހިރާއްޖޭގެ މާލެއިން ފުރައިގެން ކޮޅުނބު ބަނދަރަށް ދަތުރުކުރި ބޯޓެކެވެ.
ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއަޓިކް ރިސޯސަސްއިން ބުނީ، މި ކޮންޓޭނަރުތައް ވެއްޓިފައިވަނީ ކޮޅުނބު ބަނދަރުގެ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ބޭރަށް ކަމަށެވެ. އަދި ކަނޑުގެ އޮޔާއި ވަޔަށް އަންނަ ބަދަލުތަކާއެކު، މި ކޮންޓޭނަރުތައް ބޭރުވަލާއާއި މީގަމު (ނެގޮންބޯ) އާ ދެމެދުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ލައްވެދާނެ ކަމުގެ ބިރު އޮތުމުން، އެ އިދާރާއިން ވަނީ އެކަން ސަމާލުކަމަށް ނެރެފައެވެ.
މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ނޭވީން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ނެވިގޭޝަނަލް ވޯނިންގް ނުވަތަ ދަތުރުފަތުރުގެ ސަމާލުކަމެއް ނެރެފައެވެ.
ކަނޑުމަތީގައި އޮޔާދާ މި ކޮންޓޭނަރުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ، އެއްވެސް ފަރާތަކަށް މި ކޮންޓޭނަރުތައް ފެނިއްޖެނަމަ ލަސްނުކޮށް ލަންކާގެ ފިޝަރީޒް ޑިޕާޓްމަންޓުގެ ރޭޑިއޯ ކޮމިއުނިކޭޝަން ސެންޓަރަށް ނުވަތަ އެންމެ ކައިރީގައިވާ މަސްވެރިކަމުގެ ބަނދަރެއްގެ އޮފިޝަލުންނަށް އެންގުމަށް މަސްވެރިންނަށާއި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު