ރާއްޖޭގެ ތިން ރަށެއްގައި ތަރައްޤީކުރާ ހޭންޑްބޯޅަ ކޯޓުތަކުގެ މަސައްކަތް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ބ. ކުޑަރިކިލު، އއ. މަތިވެރި އަދި ހއ. ފިއްލަދޫގައި ހޭންޑްބޯޅަ ކޯޓު އެޅުމަށެވެ.
މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޒް އަދި ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ރަމީޒެވެ. މަސައްކަތުގެ ކޮންޓްރެކްޓަރު، މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އެއްބަސްވުމުގައިވާ ގޮތުން، މި ތިން ރަށުގެ ކޯޓުތަކުގެ މަސައްކަތްވެސް، މަސައްކަތް ފަށާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލަންޖެހެއެވެ.
މި މަޝްރޫޢުތައް ނިމުމުން، ކުޑަރިކިލު، މަތިވެރި އަދި ފިއްލަދޫގެ ޒުވާނުންނަށް ފެންވަރު ރަނގަޅު ކޯޓުތަކެއްގައި ހޭންޑްބޯޅަ ކުޅުމުގެ ފުރުޞަތު ފަހިވެ، ރަށްރަށުގައި ކުޅިވަރުގެ ރޫޙު އާލާވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު