މާލެ އާއި ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތްތަކުގެ ބަދަލުގައި، މިއަހަރު ނިމުމުގެ ކުރިން އެ ތަންތަނުގައި ދާއިމީ މިސްކިތްތައް ގާއިމުކޮށް ނިންމަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ހުރި ޓިނު މިސްކިތްތައް ހިމެނޭގޮތަށް މާލޭ އޭރިއާގައި ހުރި ވަގުތީ މިސްކިތްތައް މިއަހަރުގެ ތެރޭގައި ނެގޭނެ ކަމަށެވެ. އަދި އެ ތަންތަނުގެ ބަދަލުގައި ހުރިހާ ސަރަހައްދެއްގައި ވެސް ފެންވަރު ރަނގަޅު ދާއިމީ މިސްކިތްތައް ބިނާކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން އަންނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިއްސަކަށް މިސްކިތް ހުޅުވޭނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ފަހަރާ މިހާ ގިނަ އިސްލާމީ މަޝްރޫއުތައް ކުރިއަށްދާ ފުރަތަމަ ފަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މާލޭ އޭރިޔާގައި ހުރި ވަގުތީ މިސްކިތްތައް، ހުޅުމާލޭގައި ޓިނުން ހަދާފައި ހުރި ތަންތަން މިއަހަރުގެ ތެރޭގައި ރިމޫވް ކުރެވޭނެ. ދާއިމީ މިސްކިތް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމް ކުރެވިގެންދާނެ މިއަހަރު ނިމުމުގެ ކުރިން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ދީނީ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ އިތުރުން އިސްލާމީ މަރުކަޒުތަކާއި، ވަގުފު އިމާރާތްތައް ހިމެނެއެވެ.
ދުނިޔޭގެ އިގުތިސޯދަށް އަންނަ ބަދަލުތަކާއި ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ އެކުވެސް، ސަރުކާރުން އިސްކަންދެނީ މި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު