މިހާރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނާކާމިޔާބު ސިޔާސަތުތަކާއި ހެދިފައިވާ ގޯސްތަކުގެ ނަތީޖާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ އިދިކޮޅު އެމްޑީޕީން ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ކުނި މެނޭޖުކުރުން ފަދަ އެންމެ އަސާސީ ކަންކަން ހައްލުކުރުމުގައިވެސް ވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން، މާލޭގެ ސާފުތާހިރުކަމާ ގުޅޭގޮތުން އެމްޑީޕީން ވާހަކަދައްކާއިރު، އެ ޕާޓީގެ ސަރުކާރުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވެ، އާންމު ސާފުތާހިރުކަން އިންތިހާއަށް ދަށަށް ދިޔަ ހަނދާންތައް އޭނާ އާކުރެއްވިއެވެ.
ތަކެތީގެ އަގު އުފުލުމާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއަދު ތަހައްމަލު ކުރަންޖެހިފައިވާ މާލީ ދަތިތަކަކީ އޭރުގެ ސަރުކާރުން ބޭނުންވަރަކަށް ފައިސާ ޗާޕުކުރުމުގެ ހިތި ނަތީޖާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އެފަދަ ނިންމުންތަކަށް ފުރުސަތު ދެއްވިއިރު، އޭގެ ނޭދެވޭ އަސަރުތަކާ މެދު އޭރުގެ އިދިކޮޅު މެންބަރުން ތަކުރާރުކޮށް އިންޒާރު ދެއްވިކަންވެސް ޝިޔާމް ހަނދާންކޮށްދެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން އިގްތިސާދުގެ ތެރެއަށް 8 ބިލިއަން ރުފިޔާ ނެރުމަކީ ގައުމުގެ މާލީ ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު އަދިވެސް ކުރަމުންދާ މައިގަނޑު ސަބަބު ކަމަށެވެ. އަދި ހަގީގަތް އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ސަމާލުވުމަށް އެދިވަޑައިގަންނަވަމުން، ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ތާރީޚަށް ރައްޔިތުން ހޭލުންތެރިވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމުގެ ވާހަކަފުޅު ނިންމަވާލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރަށް ފުރިހަމަ ތާއީދު ދެއްވުމަށް ރައްޔިތުންނަށް ގޮވާލައްވަމުންނެވެ. އަދި މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، އާ އެއާޕޯޓްތައް ތަރައްގީކުރުން ފަދަ އިންގިލާބީ މަޝްރޫއުތަކެއް މި ސަރުކާރުން ކާމިޔާބުކަމާއެކު ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު