އުފަންވެލި ފިހާރަތަކުން ހެޔޮ އަގުގައި ލިބޭނެ ބައެއް ބާވަތްތައް-
އުފަންވެލި ފިހާރަތަކުން ހެޔޮ އަގުގައި ލިބޭނެ ބައެއް ބާވަތްތައް-
ދިވެހިރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން އަންނަ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ "އުފަންވެލި" ފިހާރަތަކުން، ކަސްޓަމަރުންނަށް އާދަޔާޚިލާފު ބޮޑު ލުޔެއް ލިބިގެންދާނެ ތިން ދުވަހުގެ "މެގާ ޕްރޮމޯޝަން" އެއް މިއަދު އިޢުލާންކޮށްފިއެވެ.

މި ޕްރޮމޯޝަނަކީ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތަކަކުން ރަށުތެރޭގެ އެންމެ ހެޔޮ އަގުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 8 އޯގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ އުފަންވެލި ފިހާރައިގެ ހުރިހާ ގޮފިތަކަކުންވެސް މި ޚާއްޞަ އަގުތަކުގައި ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.



މަޑިހާ މެގަ ޕްރޮމޯޝަން، ފޮޓޯ: މަޑިހާ


މި ޕްރޮމޯޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގޭބިސީތަކަށް ކޮންމެ ދުވަހަކު އެންމެ ބޭނުންތެރިވާ ބާވަތްތަކުން ލިބިގެންދާ ބޮޑު ޑިސްކައުންޓެވެ. އެގޮތުން ކުކުޅު، ލުނބޯ، ތާޒާ ކުކުޅު ބިސް، ޓޮމާޓޯ އަދި އަލޫ ފަދަ އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މި ތިން ދުވަހު ހުންނާނީ އަތްފޯރާވަރަށް ހެޔޮކޮށްފައެވެ. މިއީ އާއިލާތަކުން ބާޒާރުކުރުމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކޮށްދިނުމަށް މަޑިހާ ކުންފުނިން ދޭ ވަރަށް ބޮޑު ހަދިޔާއެކެވެ.

މަޑިހާ ކުންފުނިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ފެންވަރު ރަނގަޅު ކާބޯތަކެތި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ކަސްޓަމަރުންނަށް އިތުބާރު ހުރި ޚިދުމަތެއް ދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ މަންދޫބަކު ވިދާޅުވީ، އުފަންވެލި ފިހާރަތަކުގެ އެންމެ ބޮޑު އަމާޒަކީ މުޖުތަމަޢަށް ބޭނުންވާ ފެންވަރު ރަނގަޅު ތަކެތި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ސަޕްލަޔަރުންނާ ގުޅިގެން އެންމެ ރަނގަޅު އަގުތައް ހޯދައި، އެ ލުއިތައް ސީދާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ޕްރޮމޯޝަނަކީ ވަަފާތެރި ކަސްޓަމަރުން ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

އުފަންވެލި ފިހާރަތަކަކީ ތާޒާ މޭވާއާއި ތަރުކާރީ، މަތީ ފެންވަރުގެ މަހުގެ ބާވަތްތައް، ގަނޑުކުރި ކާބޯތަކެތި، ގްރޯސަރީ އަދި ގޭތެރެއަށް ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމަށް އާންމުންގެ ބޮޑު އިތުބާރެއް ލިބިފައިވާ މަންޒިލެކެވެ. މާލެ އާއި ހުޅުމާލޭގެ ފަސޭހަ ސަރަހައްދުތަކުގައި މި ފިހާރައިގެ ގޮފިތައް ހުރުމާއެކު، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮވެއެވެ.

ސްޓޮކް ހުސްވަންދެން ކުރިއަށްދާ މި ޚާއްޞަ ފުރުސަތުގެ ބޭނުން ހިފުމަށް، 6 އޯގަސްޓާއި 8 އޯގަސްޓާ ދެމެދު ކައިރީގައި ހުންނަ އުފަންވެލި ފިހާރައަކަށް ޒިޔާރަތްކޮށް، ގިނަ ފައިސާ ސަލާމަތްކުރުމުގެ ފުރުސަތު ދޫކޮށްނުލުމަށް އެ ކުންފުނިން އެންމެހައި ފަރާތްތަކަށް ދައުވަތު އަރުވައެވެ. ތާޒާކަމާއި ފެންވަރަށް ބަލާއިރު މިއީ ހަމަގައިމުވެސް މި ދުވަސްވަރު ލިބޭނެ އެންމެ ރަނގަޅު އޮފަރއެވެ.



ކިޔުންތެރިންގެ ހިޔާލު