މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެއާޕޯޓުން ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަނެވުނު މި ޝިޕްމަންޓުގައި ޖުމްލަ 800 ވޭޕް ކާޓްރިޖް ހިމެނޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިދިޔަ މެއި މަހާއި ޖޫން މަހުގެ ތެރޭގައި ކަސްޓަމްސްއިން ހިންގި އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. އެގޮތުން ނިމިދިޔަ ޖޫން މަހު އެކަނިވެސް އެކި ފަހަރުމަތިން ޖުމްލަ 28،637 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާކަން އެ މުއައްސަސާއިން ފާހަގަކުރެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙާއެކު، ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި ހިލޭ ބެހުން ވަނީ މަނާކޮށްފައެވެ. މި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 އިން ފެށިގެންނެވެ.
ޤާނޫނުގައިވާ ގޮތުން، ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އެކި ބާވަތްތައް އެތެރެކޮށްފިނަމަ، އެތެރެކުރި ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއްވެސް ކުރެވޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
ސަރުކާރުން މި ފިޔަވަޅުތައް އަޅާފައިވަނީ އާންމު ޞިއްޙަތު ރައްކާތެރި ކުރުމަށާއި، ޒުވާނުންނާއި ކުޑަކުދިން ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު