ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިސްލާމީ ދިރާސާތަކަށް ޚާއްޞަ ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކިތުގެ ބޮޑުބައި ނިމި، އަންނަ ސެޕްޓެމްބަރު މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މި މިސްކިތުގެ ޢަމަލީ މަސައްކަތުގެ 86 އިންސައްތަ ވަނީ ނިމިފައެވެ. އަލްމަރުޙޫމް ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތްތައް މެނޭޖުކުރަމުންދަނީ މަދީނާ އިންވެސްޓްމަންޓުންނެވެ.
މި މިސްކިތަކީ ހުޅުމާލޭގައި ބިނާކުރެވޭ އެހެން މިސްކިތްތަކާ ތަފާތު، ތަޢުލީމީ އަދި ޢިލްމީ ދިރާސާތަކަށް މަގުފަހިވާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. އެގޮތުން، އިސްލާމީ ދިރާސާތަކާއި ތަފާތު އެސައިންމަންޓްތައް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފުރިހަމަ ރިސަރޗް ލައިބްރަރީއެއް މި މިސްކިތުގައި ހުންނާނެއެވެ. މިއީ މިފަދަ ޚާއްޞަ ފެސިލިޓީއަކާއެކު ހުޅުމާލޭގައި ގާއިމުކުރެވޭ ފުރަތަމަ މިސްކިތެވެ.
ދެ ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 2,000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ސޯލާ ނިޒާމުގެ އެހީގައި މުޅި މިސްކިތް އޭސީކުރުމަށް ހަމަޖެހިފައިވާއިރު، އަންހެނުންނަށް ނަމާދުކުރުމަށް ޚާއްޞަ ބައެއްގެ އިތުރުން ވަކި ފާޚާނާބަރިއެއްވެސް މި މިސްކިތުގައި ހުންނާނެއެވެ.
މިސްކިތް ހުޅުވުމަށްފަހު، އެތަނަކީ ޢިލްމީ މަރުކަޒަކަށް ހެދުމުގެ މަޤްޞަދުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ދީނީ ޢިލްމީ ދަރުސްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު