އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ އާ ސީޕޯޓާއެކު، އެ ދާއިރާއިން އުފެދޭނެ ވަޒީފާގެ ފުރުޞަތުތަކަށް ދިވެހި ޒުވާނުން ތައްޔާރުކުރުމަށްޓަކައި މިހާރުން މިހާރަށް ތަމްރީނު ޕްރޮގްރާމްތައް ފަށަންޖެހޭ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، އާ ސީޕޯޓް ތަރައްޤީވެ ހުޅުވުމާއެކު، ހުނަރުވެރި ޓެކްނިކަލް އަދި އޮޕަރޭޝަނަލް މުވައްޒަފުންނަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ބަނދަރު ހިންގުމުގެ އެކި ދާއިރާތަކުން ބޭނުންވާނެ މީހުންގެ އަދަދު ވަޒަންކޮށް، ކުރިއާލާ ތަމްރީނުތައް ފެށުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފިރާގް އިތުރަށް ވިދާޅުވީ، މިކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ނުވަތަ އެނޫންވެސް ތަމްރީނުދޭ މުއައްސަސާތަކާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ. މީގެ ބޭނުމަކީ ބަނދަރުގެ މަސައްކަތްތައް ފެށޭއިރު، އެ ވަޒީފާތަކަށް ދިވެހި ޒުވާނުން ތައްޔާރުވެފައި ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުނަރުވެރި މީހުން ހޯދަން ފެށުމަށްޓަކައި ބަނދަރު އޮޕަރޭޝަނަލް ވާންދެން މަޑުކޮށްގެން ނުވާނެ،" ފިރާގް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ބަނދަރު ހުޅުވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ތަނުގެ ވަޒީފާތައް އަދާކުރެވޭނެ ފަދަ ޤާބިލު ޒުވާނުން އުފެއްދުމަށްޓަކައި، ވޯކްފޯސް ޕްލޭނިންގް އަދި ތަމްރީނުތައް މިހާރުން މިހާރަށް ފަށަން ޖެހެއެވެ.

އަންނަ އަހަރު ހުޅުވަން ހުށަހަޅާފައިވާ އަޅުގަނޑުމެންގެ އާ ސީޕޯޓް ތަރައްޤީވުމާއެކު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހުނަރުވެރި ޓެކްނިކަލް އަދި އޮޕަރޭޝަނަލް ސްޓާފުންނަށް ވަރަށް ބޮޑު ޑިމާންޑެއް އޮންނާނެ އެވެ.
— Mohamed Firaq (@mohamedfiraq) August 7, 2026
މިހާރު މިއީ ބަނދަރު ހިންގުމުގެ އެކި ދާއިރާތަކުން ކިތައް މީހުން…
"ހުނަރުވެރި މީހުން ހޯދަން ފެށުމަށްޓަކައި ބަނދަރު އޮޕަރޭޝަނަލް ވާންދެން މަޑުކޮށްގެން ނުވާނެ،" ފިރާގް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ބަނދަރު ހުޅުވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ތަނުގެ ވަޒީފާތައް އަދާކުރެވޭނެ ފަދަ ޤާބިލު ޒުވާނުން އުފެއްދުމަށްޓަކައި، ވޯކްފޯސް ޕްލޭނިންގް އަދި ތަމްރީނުތައް މިހާރުން މިހާރަށް ފަށަން ޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު