ރާއްޖޭގެ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރި ފުރުސަތުތައް އިތުރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކެރިއަރ ސާވިސްގެ "މައި ކެރިއަރ ޕޯޓަލް" އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ވަޒީފާ ނެތް ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި، ކެރިއަރ ގައިޑެންސް ނު
ވަތަ ވަޒީފާގެ މައިދާނުގައި ކުރިއަށްދާނެ މަގުދައްކައިދިނުން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ދޭނެ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ދިވެހިން ގިނަ އަދަދަކަށް ތިބި ނަމަވެސް، މި ދެބައިމީހުންގެ ދެމެދުގައި އޮންނަ ގުޅުން ކުޑަވުމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"މި ދެބައިގެ ދޭތެރޭގައި އޮންނަ ހުސްކަން ނުވަތަ 'ގެޕް' ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން ތައުލީމީ މުއައްސަސާތަކާއި މީޑިއާ ގުޅިގެން ވަޒީފާގެ ފުރުސަތުތަކަށް މީހުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަލަށް ތައާރަފުކުރި "މައި ކެރިއަރ ޕޯޓަލް" އާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މިއީ އެއް ފްލެޓްފޯމަކުން ވަޒީފާގެ ހުރިހާ މައުލޫމާތެއް ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވި އުނދަގޫތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ފަސޭހަވެ، ވަޒީފާ ހޯދާ ފަރާތްތަކަށް އެއް ތަނަކުން ހުރިހާ ފުރުސަތުތަކެއް ފެންނަން ހުންނާނެ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕޯޓަލްގެ އެހީގައި ކެރިއަރ ގައިޑެންސް ބޭނުންވާ ފަރާތްތަކަށް އެ ދާއިރާގެ ފަންނީ މާހިރުންގެ އިރުޝާދާއި އެހީތެރިކަން ލިބިގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު