ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ގެއްލި، ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓާ ތަންތަނަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިހާރު ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ހުށަހެޅިފައިވާ އިޞްލާޙަކީ ޤާނޫނު އަސާސީއާ ޚިލާފު، ރައްޔިތުންގެ ބާރުތައް ހަނިކުރާ ބަދަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މިނިވަން މެންބަރަކު ލައްވާ ސަރުކާރުން ގަސްތުގައި މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމަށްޓަކައި، މި ސަރުކާރު އައި ދުވަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ފުނޑުފުނޑު ކޮށްލަން ގެންނަ ބަދަލެއް މިއީ. މި ބަދަލާއެކު ކައުންސިލަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވިހާ މަރުވާ ބެލެހެއްޓުން." މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށާއި، މިހާރު އެތައް ސަތޭކަ ރައްޔިތުން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އިސްލާހާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭކަން ފާހަގަކުރަށްވާ މައުރޫފް ވިދާޅުވީ މި އިސްލާހުގެ ސަބަބުން، ރައްޔިތުންނަށް ލިބިދީފައިވާ ބާރާއި ކައުންސިލްތަކަށް ލިބިދޭ ބާރު، އެކީ އެކަށް ނިމިގެންދާނެ ކަމަށެވެ.
މައުރޫފް މިހެން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާގައި އެ ބިލު މަޖިލީހުން ބަލައިގަތީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 8 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ބިލު ދިރާސާ ކުރުމަށް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް ފޮނުވާފައެވެ.
ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައެޅުމަށް ސޮއި ހޯދަން ވަނީ ފަށައިފައެވެ. ޕެޓިޝަން ތައްޔާރުކުރާ ފަރާތްތަކުން ބުނެފައިވަނީ، މި އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑިގެންދާނެ ކަމަށެވެ. އަދި އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ނުވަތަ ސަރުކާރުގެ މަރުކަޒީ އިދާރާތަކަށް ލިބިގެންދާ ގޮތަށް އޮތުމަކީ ލާމަރުކަޒީ ނިޒާމު ބަލިކަށިވާނެ ކަމެއްގެ ގޮތުގައި ޕެޓިޝަނުގައި ވަނީ ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު