ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ
ހދ. ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އެރި "އުރަފާ" ނަމަކަށް ކިޔާ ޑައިވިންގ ދޯނީގައި ތިބި ހަ މީހުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ "އުރަފާ" ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އިތުރުން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

އެމްއެންޑީއެފުން 'އެކްސް' (ކުރީގެ ޓްވިޓާ) ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ދޯނީގައި ތިބި ހަ މީހުން ސަލާމަތްކޮށްގެން ނޮޅިވަރަންފަރަށް ގެންގޮސްފައިވަނީ އެ ރަށު ޑިންގީއެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު