ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ހަރުދަނާ ސިޔާސަތެއް ކަމަށާއި، އެކަން އަމަލީގޮތުން ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ ތައްޔާރީތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

"މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ. އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގެ ތައްޔާރުވާންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެ ކަމަށް މީގެ ކުރީގެ އެކި ސަރުކާރުތަކުންވެސް ބުނެފައިވީ ނަމަވެސް، އަމަލީ ސިފައެއް މިހާތަނަށް އެކަމަށް އައިސްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޝަރީޢަތުގައި އޮންނަ އުސޫލުތަކުގެ މަތިން އެކަން ތަންފީޒުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް