މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމެއްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު މިއަދު ސޮއިކޮށްފިއެވެ.
މިފްކޯގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އަނަސް އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާން އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، އެ ކުންފުންޏަށް މަސްކިރުވާ ދޯނިފަހަރަށް މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ލިބޭނެއެވެ. އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މި ޚިދުމަތް މިހާރު ލިބޭނެ ކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.
މި އައު އިންތިޒާމުގެ ދަށުން މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ލުޔަކީ، މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ. ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ. މިފްކޯއިން ބުނި ގޮތުގައި، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެ އުސޫލެއް މިހާރު ވަނީ އެކުލަވާލެވިފައެވެ.
މި ނިންމުމަކީ މަސްވެރިންނަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދީ، ތެޔޮ ގަތުމުގައި ހުރި އުނދަގޫތައް ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު