ކޮތަޅުން ނަގަމުންދާ ފީއަށް ލުއިތަކެއް ލިބޭގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު، މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށައަޅުއްވައި، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މި ބިލު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ. މި ބިލު ފާސްކުރުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގަތް 65 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި އިސްލާހުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމާއި، ކުނި މެނޭޖުކުރުމުގެ އުސޫލުތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. މި ބިލުގައިވާ ގޮތުން، 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ވަނީ ހިމަނާފައެވެ. މީގެ ސަބަބުން އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ނަމަވެސް، ޕްލާސްޓިކް ކޮތަޅުން ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެއެވެ.
ބިލު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތްކުރުންވެސް މި ބިލުން ވަނީ ލާޒިމްކޮށްފައެވެ.
ވެހިރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 18 ޑިސެމްބަރު 2022 ގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށް 2،011،421 ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މެންބަރު ޝިފާޒް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު