އިނގިރޭސިވިލާތުގެ ދެކުނު އިރުމަތީގައި އޮންނަ ލޫވްސް ކައިރިން، ގިނަ ބަޔަކު ދަތުރުކުރި ރޭލެއް މަގުން ކަސިޔާރުވުމުގެ ސަބަބުން ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ، މޭޖަރ ޓްރޯމާ ސެންޓަރަކަށް ގެންގޮސްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
އެމްބިއުލާންސް ސާވިސްއިން މައުލޫމާތުދޭ ގޮތުގައި، ލަންޑަންގެ ވިކްޓޯރިއާ ސްޓޭޝަނުން ފުރި މި ރޭލުގައި ގާތްގަނޑަކަށް 150 ފަސިންޖަރުން ތިއްބެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 4 ޖަހާކަންހާއިރުއެވެ.
ހާދިސާ ހިނގި ސަރަހައްދުން ފެންނަ މަންޒަރުތަކުން، ރޭލުގެ މަދުވެގެން ތިން ބޮގީއެއް ފުރޮޅާލާފައިވާކަން ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދުގައި ޕެރާމެޑިކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ޑެޕިއުޓީ ޗީފް ޕެރާމެޑިކް އޮފިސަރު މައިކަލް ބްރެޑްފީލްޑް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޮސްޕިޓަލަށް ގެންދެވުނު 20 މީހުންނަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ބެލެވޭތީ، އެ މީހުންނަށް ފަރުވާ ދިނުމަށް މޭޖަރ ޓްރޯމާ ސެންޓަރަކަށް ވަނީ ބަދަލުކުރެވިފައެވެ.
ބްރިޓިޝް ޓްރާންސްޕޯޓް ޕޮލިސްގެ އިއަން ޑްރަމަންޑް-ސްމިތު ވިދާޅުވީ، މިއީ "ބޮޑު ހާދިސާއެއްގެ" ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް ރޭލުގައި ތިބި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު މިހާރު ބޭރަށް ނެރެވިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ލަންޑަނާއި އެ ސިޓީގެ ދެކުނުގެ ސަރަހައްދުތަކާ ގުޅުވައިދޭ "ސަަަަދަން ރެއިލް" ގެ ރޭލަކަށެވެ.
ނެޓްވޯކް ރެއިލްގެ ރޫޓް ޑައިރެކްޓަރު ލޫސީ މެކްއޯލިފް ވިދާޅުވި ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ރެއިލް އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އިނގިރޭސިވިލާތަކީ އާންމުގޮތެއްގައި ރޭލު އެކްސިޑެންޓްތައް، ހާއްސަކޮށް ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މަދު ގައުމެކެވެ. ނަމަވެސް، މިއަހަރުގެ ޖޫން މަހު ލަންޑަންގެ އުތުރުގައި ދެ ރޭލެއް ޖެހި ހިނގި ހާދިސާއެއްގައި ރޭލު ދުއްވަން އިން މީހާ މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ރޭލެއް ކަސިޔާރުވެ ހަތަރު މީހަކަށް ކުދި އަނިޔާތަކެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު